ޚަބަރު

ރައީސް ސޯލިހުގެ ސަރުކާރުން ރަސްމީ ދަތުރުތަކަށް މިއަހަރު ބަޖެޓުން 185 މިލިއަންއަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި

ސަރުކާރުގެ ރަސްމީ ދަތުރުތަކަށް މިއަހަރު ބަޖެޓުން 185 މިލިއަންއަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފިއެވެ.

މާލީ ވުޒާރާގެގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ސަރުކާރުން މިއަހަރު މިހާތަނަށް ވަނީ ދަތުރުތަކަށް އެކަނިވެސް 185.8 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މުޅި މި އަހަރު ދަތުރުތަކަށް ހަރަދު ކުރުމަށް ސަރުކާރުން ބަޖެޓުްކޮށްފައިވަނީ ޖުމްލަ 203 މިލިއަން ރުފިޔާއެވެ. އެހެން ކަމުން ބާކީ މިއަހަރު ދައުލަތުގެ ރަސްމީ ދަތުރުތަށް ކުރުމަށް ހުންނާނީ އެންމެ 17.2 މިލިއަން ރުފިޔާއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދަތުރުތަކަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރެއެވެ. އެކިއެކި ބޭނުން ތަކުގައި ސަރުކާރުން ބޮޑެތި ވަފުދު ހަދައިގެން ބޭރުގައުމުތަކަށް ދަތުރުކުރުން މިފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.

މި އަހަރުވެސް ދަތުރު ތަކަށް މިލިއަނުން ހަރަދުކޮށްފައިވާއިރު އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ދަތުރު ކުރުމަށް 208.6 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button