ޚަބަރު
މާލޭގައި މިރޭވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި
މާލޭގައި މިރޭވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މިރޭ އަލިފާން ރޯވެފައި ވަނީ ހެންވޭރު ކަޅުހުރާ މަގުގައި ހުންނަ ހ.ސާޒް ގޭގައެވެ.
އަލިފާން ރޯވެގެން ފަޔަރަށް ރިޕޯޓް ކޮށްފައިވަނީ މިރޭ 21:23 ކަންހާއިރު ކަމަށް އެމްއެންޑީއެފް ވަނީ ބުނެފައެވެ. މިހާރު ރޯވި އަލިފާން ގަނޑު 21:42ގައި ވަނީ ކޮންޓްރޯލް ވެފަކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވީ އެގޭގައި ހުރި ކުނިތަކެއްގައި ކަމަށެވެ.
އާންމުންނާ ފުލުހުންވަނީ އެސަރަހައްދުގައި އިތުރަށް އަލިފާން ރޯވާ ޒާތުގެ ތަކެތި ދުރައް ޖައްސާފައެވެ. އެމްއެންޑީއެފް އިން އިތުރަށް ބުނެފައިވަނީ އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ވަނީ ބުނެފައެވެ.
ރޭގައިވެސް ވަނީ އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިންގާފައެެވެ. އަދި މިހާދިސާގައި 10މީހަކު ނިޔާވެފައެވެ.