ކޮޕް 27 ސަމިޓުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލަންކާ ތަމްސީލު ކުރުން ގާނޫނުއަސާސީއާއި މެންބަރުންގެ ހުވަޔާ ހިލާފު ކަމަށް ބުނެ އެމަނިކުފާނު މަގާމުން ވަކިކުރަން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ގާނޫނީ ވަކީލު އަހްމަދު ޠާލިބް ހުށަހެޅި އެ މައްސަލައިގެ ދައުވާގައި ބުނެފައިވަނީ ނަޝީދު ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި ލަންކާ ތަމްސީލުކުރި އަމަލަކީ މަޖިލީހުގެ ރައީސަށްވެ ހުރެ، ގާނޫނުއަސާސީގެ 75 ވަނަ މާއްދަގައި ބަޔާންކުރާ މެންބަރުންގެ ވާޖިބުތަކާ ހިލާފު އަމަލެއް ކަމަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތް ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނޫނެވެ.
މި މަހުގެ ހަތަރަކުން ފެށިގެން މިއަދުގެ ނިޔަލަށް މިސްރުގެ ޝާމް-އަލް-ޝާއިހްގައި ގައި އޮތް އދ. ގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު އެގައުމަށް ވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހުއެވެ.