ޚަބަރު

އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި ދޮންދިގު އެއް އަހަރަށް ޖަލަށް

ބަންގްލަދޭޝްގެ އަލަމްގިރި އާއި އެކު އެއްޖިންސުން ގުޅުން ހިންގި ސާޖަންޓް އަބްދުއްރަހުމާން ރަފީއު 1 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިކަން ހާމަކޮށް ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި އާންމުކޮށްފައިވާގޮތުގައި ސާޖަންޓް އަބްދުއްރަހުމާން ރަފީއުގެ މައްޗަށް އުފުލާފައިވާ ހުއްދަ ނޫން ޖިންސީ ގުޅުން ހިންގުމުގެ ކުށް ޝައްކެއްނެތް މިންވަރަށް ވަނީ ސާބިތުވެފައެވެ.

އަދި އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ އެއް އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކުރާކަމަށް ބުނެފައިވެއެވެ. ޝަރީއަތުގެ ކުރިން ބަންދުގައި ހުރި މުއްދަތު ކަނޑުމަށްފަހު އޭނާ ހުކުމް ތަންފީޒު ކުރަންޖެހޭނީ 1 އަހަރާ 1 މަހާއި 28 ދުވަހެވެ.

އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ދާދިފަހަުން ވަނީ ރައްޔިތުންގެ މަޖްލީހުގެ ރައީސްގެ ކޮއްކޮ ނާޒިމް ސައްތާރުގެ މައްޗަށްވެސް ހުކުމްކޮށްފައެވެ. އެގޮތުން އޭނާ 3 މަސްދުވަހު ގޭބަންދުކުރުމަށް ހުކުމްކޮށްފައިވާއިރު މި މައްސަލައިގައި ދެން ދައުވާ އުފުލާފައިވާާ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް މިހާރު ދަނީ ކުރިއަށްގެންދަމުންނެވެ.

3 Comments

  1. އިސްލާމްދީނުގައި އޮތް އެންމެ ބޮޑު ފާފައަކީ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމެއް ނޫން. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ އިތުރު ނަބީއްޔާ صلى الله عليه وسلم ޙަދީޘްފުޅެއްގެ މާނައިގައިވޭ. އެއީ ޙަދީޘް ނަންބަރު 3671.
    އިތުރު އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ”ތިޔަބައިމީހުން ނަރަކައަށް ވައްދާނެ 7 ފާފައާއި ދުރަށް ދާށެވެ. ތިމަންކަލޭގެފާނު އެއްސެވީމޭ… “ އޭ ﷲގެ ރަސޫލާއެވެ. އެއީ ކޮންފާފަތަކެއް ހެއްޔެވެ؟ “ އެކަލޭގެފާނު ޙަދީޘްކުރެއްވީ “ މާތްﷲ އަށް ޝަރީކުކުރުން، ސިހުރު ހެދުން، ޙައްޤަކާ ނުލައި ފުރާނައެއް ދުއްވާލުން، ރިބާ ކެއުން، ޔަތީމުންގެ މުދާ ކެއުން، ހަނގުރާމައިގެ މައިދާން ދޫކޮށް ފިލުން، މުޢުމިން އިއްފަތްތެރި އަންހެނުންގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުން މިއެވެ.“ އަދިވެސް އިސްލާމްދީނުގައި ވައްކަން ކުރުމާ، ޤަސްތުގައި ނަމާދު އެޅުމާއި، ޒަކާތް ނުދެއްކުމާ، އުޒުރެއްނެތި ރަމަޟާން މަހު ރޯދަ އެޅުމާ، ހައްޖަށް ދިއުމުގެ ކުޅާދާނަ ކަން ހުރެމެ ފަރުޟް ހައްޖެއް ނުކުރުމާއި، ރަހިމުގެ ގުޅުން ކެނޑުމާއި ޒިނޭކުރުންވެސް ވަނީ ލިވާތަށް ވުރެ ބޮޑު ފާފަތަކުގެ ތެރޭގައި ހިމެނިފައި. اَللّٰهُ أَعْلَم

  2. އިސްލާމީ ޝަރިއާ ޤާއިމްކުރަން ގޮވާލާއިރު މިއަދު ފަތިހުވެސް ފަތިސްނަމާދުގައި މިސްކިތުގެ 1 ސަފުވެސް ނުފުރޭ… މައިން ބަފައިންަށް އަޅާ ނުލާ މީހުން ބައިވަރު… އަނބިދަރިންގެ ހައްޤުތައް އަދާ ނުކުރާ މީހުން އެހާ ގިނަ… އަދި ލިވާތުކުރާ މީހުން އުސްތަނަކުން ވައްޓާ މަރަން ގޮވާއިރު ޒިނޭކުރި ކިތައް މީހުން މިރާއްޖޭގައި ރަޖަމު ކޮށްފިތަ؟ ވައްކަންކުރި ކިތައްމީހުން އަތްކަނޑައިފިތަ/ މުރުތައްދުވި ކިތައް މީހުން މަރައިފިތަ؟ ފޭރުނު ކިތައް މީހުންގެ އަތްފައި ކަނޑައިފިތަ؟ ޒަކާތް ނުދައްކާ މީހުނާ ހަނގުރާނަކޮށްފިތަ? ހަމައެކަނި ލިވާތާ އަޅައިގަނެގެން އުޅުނީމާ ފެންނަނީ މުނާފިޤްކަން.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button