މ.މުސްތަފާ އާބާދު މުހައްމަދު މުސްތަފާ އިބްރާހީމް ނުވަތަ މުސްތަފާ (އިމްނާ) އަކީ އިނގިރޭސި ވިލާތުގެ އެންގިލިއާ ރަސްކިން ޔުނިވަރސިޓީން މާރސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކޮށްފައިވާ، މާފަންނު ހުޅަނގުދާއިރާގައި ދިރިއުޅޭ ދާއިރާގެ އިލްމީ ބޭފުޅެކެވެ.
މުސްތަފާއަކީ ތާޖުއްދީން ސްކޫލްގަޔާއި އަދި އޭގެފަހުން އަމީނިއްޔާ ސްކޫލުގައި މުދައްރިސެއްގެ ގޮތުގައި އަދި ކުއްލިއްޔަތުއްދިރާސާތުލް އިސްލާމިއްޔާ އާއި، ގައުމީ ޔުނިވަރސިޓީގައި ލެކްޗަރާއެއްގެ ގޮތުން ކިޔަވާ ދެއްވާފައިވާ ގިނަ ދަރިވަރުންތަކެއްގެ މުސްތަފާ ސާރ އެވެ. ކިޔަވާ ދިނުމުގެ އިތުރުން އޭނާ އަކީ ހިންގުމުގެ ދާއިރާގައި މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ ޖެނެރަލްކަމާއި، މުލަކައަތޮޅުގެ އަތޮޅުވެރިކަމާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ޑެޕިއުޓީ މިނިސްޓަރުކަމާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސީނިއަރ ޕޮލިސީ އެގްޒެކްޓިވްކަމުގެ މަގާމުތައް އަދާކޮށްފައިވާ ހިންގުމު ދާއިރާގެ ތަޖުރިބާކާރެކެވެ.
ސިޔާސީ ހަޔާތަށް މުސްތަފާ ނުކުތީ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު ޑީއާރުޕީ އުފެއްދުމަށް ފުރަތަމަ ސޮއިކުރި 50 މީހުންގެ ތެރެއިންނެވެ. އެއިރު އޮތް ސަރުކާރުން ރައީސް ޔާމީން އެކަހެރިކުރުމުން އެމަނިކުފާނުގެ އިޖުތިމާއީ އަދި ސިޔާސީ ހަރަކާތްތައް ހިންގުމަށް 2007 ނޮވެމްބަރުގައި ރަޖިސްޓްރީ ކުރެވުނު ޕީޕަލްސް އެސޯސިއޭޝަން (ޕީއޭ)، އޭގެފަހުން ސިޔާސީ ޕާރޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ވެގެންދިޔަ ޕީޕަލްސް އެލެއަންސް (ޕީއޭ) އުފައްދައި، ރައީސް ޔާމީނާއެކު މެދުކެނޑުމެއްނެތި މިއަދާހަމައަށް ދެމިހުރި މުސްތަފާ ސިޔާސީ މަގާމެއްގެ ގޮތުން ފުރަތަމަ އަދާކުރެއްވީ ޕީއޭގެ ސްލޮޓެއްގައި އަދާކުރި މުލަކަތޮޅު އަތޮޅުވެރިކަމުގެ މަގާމެވެ. މިއަދާހަމައަށްވެސް މުސްތަފާއަކީ ރައީސް ޔާމީން ދެއްވި މަގާމެއް ފިޔަވައި ސިޔާސީ މަގާމެއް އަދާކުރެއްވި މީހެއް ނޫނެވެ. މުސްތަފާ ދެކެލައްވާގޮތުގައި ރައީސް ޔާމީނަކީ އޭނާގެ ސިޔާސީ މެންޓަރ އެވެ. އަދި ސިޔާސީ ލީޑަރެވެ.
މިއަދުވެސް މުސްތަފާއަކީ ޕީޕީއެމްގެ އެންމެ މުހިންމު އެއް ކޮމެޓީކަމަށްވާ ޑިސިޕްލީން ކޮމެޓީގެ ހީވާގި މެންބަރެކެވެ. އަދި ޕީޕީއެމް ޕީ.އެންސީގެ ލީޑަރޝިޕްގެ މެންބަރުން ވިދާޅުވާގޮތުގައި މުސްތަފާއަކީ، ޕީޕީއެމްގެ ފަރާތުން ގޮވާލި ކޮންމެ ގޮވާލުމަކަށް ޖާނާއި މާލުން އިޖާބަދޭ ޕާޓީގެ މުހިންމު މެންބަރެކެވެ.
މާފަންނު ހުޅަނގު ދާއިރާގެ ރައީސްކަމަށް މުސްތަފާ ކުރިމަތިލީ، މީގެ ކުރިން 2013 އަދި 2018 ގެ ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭނުތަކުގައި މުހިންމު މަސައްކަތެއްކޮށް ހަރަކާތްތެރިވެފައިވާތީ، މާފަންނު ހުޅަނގުު ދާއިރާގެ ގިނަ ރައްޔިތުންތަކެއްގެ އެދުމުގެގެ މަތިންނެވެ. މުސްތަފާ ވިދާޅުވާގޮތުގައި އޭނާގެ އަމާޒަކީ، މިވަގުތު މާފަންނު ހުޅަނގު ދާއިރާއަށް ނިސްބަތްވާ ލީޑަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާއެކު ދާއިރާ ވަރުގަދަކޮށް ރައީސް ޔާމީނަށް 2023 ބޮޑުތަނުން ކާމިޔާބު ކޮށްދެއްވުމެވެ.
މުސްތަފާ މިވަގުތު މާފަންނު ހުޅަނގު ދާއިރާއިން ރައްޔިތުންގެ ފަރާތުން އެދޭ އެންމެ ބޮޑު އެދުމަކީ، އަންނަ ނޮވެމްބަރު މަހުގެ 5 ގައި އޮންނަ ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގައި ނުކުމެ އޭނާއަށް ވޯޓު ދިނުމެވެ. މުސްތަފާގެ ކެނޑިޑޭޓް ނަންބަރަކީ 2 އެވެ. އަދި މުސްތަފާ އާއި އެކު ނިކުންނަ 2 ނަންބަރުގެ ހުރިހާ ކެނޑިޑޭޓުންނަށްވެސް ވޯޓު ދިނުމަކީ އޭނާގެ ވަރަށް ބޮޑު އެދުމެކެވެ.
Landayaa vaanee landayaa ey bunaahen hama bodu makaru veri inthihaa ah okhuvaalaa makaruveri ekeve. .
Ingey! Aminiya Teacher akah huri iruves ethanunves kuree vakkameve. School band ah Bangkok in nu agugai thakethi supply kuree ves bodu cut eh laafa eve.
މުޞްޠަފާ ސަރއަކީ ހަމަ އެއްވަނަ. އަޅުގަނޑުގެ އާއިލާގައި ހިމެނޭ ގިނަ އަދަދެއްގެ މެންބަރުންގެ ތެރެއިން 16 ވޯޓު އެއީ މުޞްތަފާ ސަރ ގެ ހައްޤެއް. ސަރއަށް ދަންނަވާލަން އޮތީ ސާބިތުކަމާއެކު، ފަސްޖެހުމެއް ނެތި ކުރިއަށް ދާށޭ. އަޅުގަނޑަށް ޔަޤީންވާ ކަމަކީ ދިމާވާ ކޮންމެ ގޮންޖެހުމަކާއެކުވެސް ހުރިހާ ކަމެއް ހުރަސްކޮށް ﷲގެ ރުއްސެވުމާއެކު ކުރިއަށް ވަޑައިގެން ކާމިޔާބަށް ވާސިލުވުމުގެ ޤާބިލުކަން މުޞްތަފާ ސަރގެ އެބަހުރިކަން. ﷲ މުޞްތަފާ ސަރއަށް ނަސްރާ ކާމިޔާބު ދެއްވައި ރަޙުމަތއ ލައްވާށި. އާމީން..
ހިންމަތާއެކު ހުންނެވީ، މިންނަތުން ޚިދުމަތްކުރީ
ހިތްވަރާއެކު ކެރިހުރީ، ދިންނެވުން ލިބިބުރީ
އައްސަލާމް އަލައިކުމް ސަރ
އަޅުގަނޑުގެ ވޯޓާއެކު ދާއިރާގައި އުޅޭ އަޅުގަނޑުގެ ހުރިހާ އެކުވެރިންނާ އެކުގަ ކިޔެވި ހުރިހާ ކުދިންގެ ވޯޓު ދެވަނައެއް ނެތި އިންޝާﷲ ޔަގީން ކަމާއެކު ސަރއަށް. ސާބަހާ އައްސަރިބަސް. ކުރިއަށް ވަޑައިގެން. ހެޔޮ ދުޢާ.
Gadhaham
މާފަންނު ހުޅަނގަށް މިވަރެއް ނެތް