ދިވެހިރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލޭންޑްސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ އެ ގައުމުގެ ތަނެއްކަމަށް ކުރާ ދައުވާއަށް ދިވެހި ސަރުކާރުން އެއްބަސްވެއްޖެނަމަ، އެ އެއްބަސް ވެވެނީ ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
”މޮރިޝަސްގެ ސިޔާދަތު ނުވަތަ ސޮވިރިނިޓީ ފޯޅަވަހީގެ މައްޗަށް އޮތް ކަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރީމާ ދެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ދިވެހި ސަރުކާރުން އެ އެއްބަސް ވެވުނީ“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ޗާގޯސްގެ މައްސަލާގައި ރާއްޖޭގެ ޒަމާންވީ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ރާއްޖެއިން ނިންމާފައިވާ ކަން ހާމަކުރީ މިމަހުގެ 20 ވީ ބުރާސްފަތި ދުވަހުގައެވެ. ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި އެކަން އިއުލާން ކުރެއްވީ އެ ޓްރައިބިއުނަލްގައި ރާއްޖޭގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތެވެ.
ޗާގޯސްގެ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން މޮރިޝަސްއާ އެއްކޮޅަށް ނެރެފައިވާ ލަފާ ތަންފީޒުކުރަން އދ. ގައި މީގެކުރިން ރާއްޖެއަކުން ވޯޓެއް ނުދެ އެވެ. އެންމެ ފަހުން 2019 ވަނަ އަހަރާއި އަދި އޭގެކުރިން އެ މައްސަލާގައި ނެގި ވޯޓުގައި ވެސް ރާއްޖެއިން ވޯޓު ދިނީ އިނގިރޭސިވިލާތާ އެއްކޮޅަށެވެ. ރާއްޖެއިން މިގޮތަށް ވޯޓު ދިން ސަބަބެއް ކަމަށް އޭރު ބުނެފައިވަނީ ކަނޑުގެ ސަަރަހައްދުގެ ސަރަހައްދީ އިމުގެ މައްސަލާގައި ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވުމެވެ. އެ މައްސަލާގެ އަޑުއެހުންތައް މިހާރު ދަނީ ކުރިއަށެވެ.
މޮރިޝަސް އިން ވަނީ މި މައްސަލަ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅާފައެވެ. އެ ކޯޓުން 2019 ވަނަ އަހަރު ނެރުނު އެޑްވަޒަރީ އޮޕީނިއަންގައި ބުނެފައިވަނީ ޗާގޮސްގެ މައްޗަށް ހިނގާނީ މޮރިޝަސްގެ ސިޔާދަތުކަމަށެވެ. އެކަމަކު އަދިވެސް އިނގިރޭސިން އެ ނިންމުމަށް އަމަލެއް ނުކުރެއެވެ.
މި މައްސަލާގައި ރާއްޖެއާއި މޮރިޝަސްގެ މެދުގައި މައްސަލަ އުފެދުނީ 2010 ވަނަ އަހަރު ރާއްޖެއިން، ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް އިތުރަށް ފުޅާކޮށް، އައު ކޯޑިނޭޓްސް ކަނޑައަޅައި އައްޑޫން ފެށިގެން ދެކުނަށް 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ ތެރެއަަށް ހިމެނުމަށް ސަރުކާރުން އދ.އަށް ހުށަހެޅުމުގެ ސަބަބުންނެވެ. އަދި މޮރިޝަސްއިން ރާއްޖޭގެ ހުށަހެޅުމަށް ދެކޮޅު ހެދިއެވެ. މޮރިޝަސްއިން ނިންމީ އެ މައްސަލައިގައި ރާއްޖެއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށެވެ. އެގޮތުން ރާއްޖެއާއި ޗާގޮސްގެ މެދުގައި އޮންނަ ކަނޑުގެ ސަރަހައްދުން އެއްވާ ބައި ބެހުމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އައިޓީއެލްއޯއެސް) އަށް ހުށަހެޅީއެވެ. އަދި އެގޮތަށް ހުށަހެޅިއިރު، އިނގިރޭސިވިލާތުން އެ ސަރަހައްދުގެ އިން ކަނޑައެޅުމުގައި ޗާގޮސްގެ އިން ފެށޭ ހިސާބުކަމަށް ބެލި ސަރަހައްދުގެ ބަދަލުގައި އެހެން ހިސާބެއް ކަނޑައެޅީއެވެ.
މޮރިޝަސް އިން ވަނީ މި މައްސަލަ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށަހަޅާފައެވެ. އަދި އެ ކޯޓުން 2019 ވަނަ އަހަރު ނެރުނު އެޑްވަޒަރީ އޮޕީނިއަންގައި ބުނެފައިވަނީ ޗާގޮސްގެ މައްޗަށް ހިނގާނީ މޮރިޝަސްގެ ސިޔާދަތުކަމަށެވެ. ނަމަވެސް އަދިވެސް އިނގިރޭސިން އެ ނިންމުމަށް އަމަލުނުކުރެއެވެ.
ޗާގޯސްއަކީ ރާއްޖެއާ 500 ކިލޯމީޓަރު ދުރުގައި އޮންނަ 60 ރަށުގެ މައްޗަށް އެކުލެވިފައިވާ 7 އަތޮޅެކެވެ. އެންމެ ފުރަތަމަ އިނގިރޭސީންގެ މިލްކިއްޔާތަށް އެ ރަށްތައް އައީ ފްރާންސުން އެ ސަރަހައްދާއި، މޮރިޝަސް އިސްތިއުމާރުކުރުމަށްފަހު، އިނގިރޭސިވިލާތާއެކު ހެދި އެއްބަސްވުމެއްގެ ދަށުން މޮރިޝަސްއާއި ޗާގޯސް އިނގިރޭސިވިލާތާ ހަވާލުކުރުމުންނެވެ.
މިއީ ސަރުކާރުން ބޭނުންވާ ގޮތައް ކުރެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅާއި އާންމުންގެ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މިކަމުގައި ރައްޔިތުންގެ އަޑު އެހުމަށާއި ދިވެހިންނަށް ފައިދާ ހުރި ގޮތެއް ބަލައި އަމަލު ކުރަން ޖެހޭ ކަމަށް އިދިކޮޅު ފާރާތްތަކުން ދެކެއެވެ. ހާއްސަކޮށް ރާއްޖޭގެ ބިމާއި ވައިގެ ސަރަހައްދާއި އަދި ކަނޑުގެ ސަރަހައްދަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރިކަ މުދަލެއް ނުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ސޯލިަން ުުރެނަސިދުެސ ްްމާރަގަޅެންުވ ެެރިކަންދޭންނަސީދަށްއެގޭއެވަރު ރ ު