ޚަބަރު

ތިމާވެށީގެ ޗެމްޕިއަނުން މާއުނގުދޫ ބަނދަރު ސަރަހައްދުން ހުއްދަ ނުހޯދައި ގަވައިދާ ހިލާފަށް ރުއްގަސް ކަނޑައިފި

ތިމާވެށީގެ ޗެމްޕިއަނުން ކަމަށް ދައުވާ ކުރާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުން ށ.މާއުނގުދޫ ބަނދަރު ސަރަހައްދުން ހުއްދަ ނުހޯދައި ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކަނޑައިފިއެވެ.

އެންވަޔަރޮމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ހުއްދަ ނުހޯދައި، އީއައިއޭވެސް ނުނިމި އޮއްވައި މި ސަކަރާތް ޖަހާފައިވަނީ އެ ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ސަރުކާރު ހިއްސާވާ ކުންފުނި ކަމުގައިވާ އެމްޓީސީސީންނެވެ.

މިކަމާ ގުޅިގެން އެމްޓީސީސީގެ ބަހެއް ލިބޭތޯ ”ބޮންތި“ އިން އެކުންފުނީގެ މީޑިއާ އޮފިޝަލާ ސުވާލު ކުރުމުން ހަބަރު ޝާއިއު ކުރުމާ ހަމައަށް އެއްވެސް ޖަވާބެއް ނުދެއްވައެވެ.

މާއުނގޫދޫ ކައުންސިލުން ހުސްވެފައިވާ ކައުންސިލް ގޮނޑިއަށް އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް މާއުނގޫދޫ ބަނދަރު ހެދުމުގެ ނަމުގައި އީއައޭ ހެދުމެއް ނެތި ރަށުގެ ރުއްގަސް ކަނޑާފައިވަނީ ރައްޔިތުންގެ ރުހުމެއް ނެތިކަމަށް އެ ރަށުން ”ބޮންތި“ އާ ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ.

”މިކަމުގެ ޒިންމާ ކައުންސިލުން ނަގަން ޖެހޭނެ. އެމީހުން ޒިންމާދާރު ކުރުވާނަން. މިއީ ބޮޑު އޮޅުވާލުމެއް. ގާނޫނާ ހިލާފަށް މި ކުރި އަމަލަށް ކައުންސިލުން ޒިންމާ ނަގަން ޖެހޭނެ.“ އޭނާ ބުންޏެވެ.

ހުއްދަ ހޯދުމަކާއި ނުލާ ރާއްޖޭގެ އެއްވެސް ސަރަހައްދަކުން ރުއްގަސް ކެނޑުމަކީ ތިމާވެށި ހިމާޔަތް ކުރުމާއި ބެހޭ ގާނޫނުގެ ދަށުން ބޮޑު ކުށެކެވެ.

މާއުނގޫދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރެވުނީ 12 މޭއި 2022 ގައެވެ. އަދި އަމަލީ މަސައްކަތް ފެށީ ފާއިތުވި ސެޕްޓެމްބަރު މަސް ތެރޭގައެވެ. މި މަޝްރޫއަކީ 59.71 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކަނޑާލަން ނިންމާފައިވާ ދުވަސްވީ ނިކަ ގަހެއް

ތިލަމާލެ ބްރިޖްގެ މަޝްރޫޢު ހިންގަމުންދާ އިންޑިއާގެ އެފްކޯސް ކުންފުނީގެ ޕްލެޓްފޯމެއް މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ވިލިމާލެ ފަރަށް އެރުމުން ލިބިނު ގެއްލުން ބަލާހެދި ސާވޭގެ ރިޕޯޓަށް ޖަވާބުދާރީވުމަށް އެ ކުންފުންޏާއި ހަވާލު ކުރުމުން އެކުންފުނިންވެސް ސާވޭ ހަދަން ބޭނުންވާ ކަމަށް ހުށަހަޅާފައިވާ ކަމަށް އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މި މައްސަލައިގައި އެފްކޯންސްއަކީ އިންޑިއާ ކުންފުންޏަކަށް ވީތީ އެ ކުންފުންޏާ މެދު ފިޔަވަޅު އެޅުމުގައި އެއްވެސް ތަފާތެއް ނުގެންގުޅޭނަން ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވީނަމަވެސް، އެ ކުންފުންޏަށް އީޕީއޭގެ ރިޕޯޓާއި މެދު ބަސްބުނެ އަލުން ތަހުލީލް ކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button