ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިތުރަށް ގުޅުން ބާއްވައިގެން ކުރިޔަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށް ތުއްޕުޅުއިރުއްސުރެ އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައީސް ސޯލިހު އެމްޑީީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި ބައްދަލު ކުރެއްވުމުގެ ގޮތުން މާދަމާރޭ ކ. އާރަށުގައި އޮންނަ ފަރީއްކޮޅަކަށް ގައުމީ މަޖިލީހުގެ މެމްބަރުންނަށް ދައުވަތު އެރުވުމާއި ގުޅިގެން އެ މެސެޖަށް ރައްދު ދެއްވައެވެ.
ނަޝީދު ވިދާޅުވިގޮތުގައި އެމަނިކުފާނު ރާއްޖޭގައި ހުންނެވިޔަސް ގައުމީ މަޖިލީހުގެ ބައްދަލުވުމަށް ވަޑައިގަންނަވަން ބޭނުން ފުޅެއް ނުވެއެވެ.
”ރައީސުލްޖުމްހޫރިއްޔާވެސް އަޅުގަނޑާއި ވާހަކަ ދައްކަވާ އެކީ ކަންކަން ކުރައްވާކަށް ބޭނުންފުޅެއް ނުވޭ. ވީމާ އަޅުގަނޑުވެސް ބޭނުމެއް ނޫން.“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދުގެ މެދުގައި ގުޅުން ގޯސްވެފައިވަނީ ނަޝީދު ބޭނުންފުޅުވާގޮތަށް ބަރުލަމާނީ ނިޒާމަށް ރައީސް ސޯލިހު ތާއީދު ނުކުރެއްވުމާ ގުޅިގެންނެވެ. ރައީސް ސޯލިހަކީ ވެރިކަން ލިބުމުގެ ކުރިން ބަރުލަމާނީއަށް ވަރަށް ބޮޑަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. އެކަމަކު އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގަތުމުން ވިސްނުންފުޅު ވަނީ ބަދަލުވެފައެވެ.
ތިޔަ ވާނީ ރާއްޖޭން ބޭރުގަ ހުރީމަ ހިނދުކޮޅު އައީކަމަށް އެފަދަ ވަގުތުގަ ކޮންމެފަދަ އެއްޗެއްވެސް ކިޔާފާނެ