ޚަބަރުސިޔާސީ

އެމްޑީޕީއަށް އަލުން ވަންނަންވީ ވަގުތު ޖެހިއްޖެ: އަލްހާން

އެމްޑީޕީއަށް އަލުން ވަންނަންވީ ވަގުތު ޖެހިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެއްޖެއެވެ.

އެންމެފަހުން ބޭއްވި އެމްޑީޕީގެ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް އަލްހާން ވަނީ ބައިވެރިވެފައެވެ. އެމްޑީޕީ ކޮންގުރެސް އަށްފަހު އަލްހާން ވަނީ އެމްޑީޕީ ކޯލިޝަން ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ގިނައިން ތައުރީފުކޮށް ޓުވީޓް ކުރައްވާފައެވެ.

އެމްޑީޕީއަށް ވަންނަންވީ ވަގުތު ޖެހިއްޖެކަމަށް އަލްހާން ވިދާޅުވިއިރު، އޭނާ ހިންގެވި“ޕޮންޒީ ސްކީމެއް“ ގެ މައްސަލަ އަދި ވެސް ދަނީ ތަހުގީގް ކުރަމުންނެވެ. އަދި އޭނާގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު ވަނީ މިފަހުން ކޮށްފައެވެ. އަލްހާންގެ އެކައުންޓްތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ފްރީޒް ވެސް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button