ޚަބަރު

ހޯޑެއްދޫގައި މަސް ގަތުމުގެ މަސައްކަތް ނުފަށާ އޮތީ ފައިދާ ނުވާނެތީ: ފިޝަރީޒް މިނިސްޓަރު

ގދ.ހޯޑެއްދޫގައި ހޮރައިޒަން ފިޝަރީޒްއިން އަޅާފައިވާ ފެކްޓަރީއިން، މަސްގަތުމުގެ މަސައްކަތް ނުފަށާ އޮތީ މިހާރު ބާޒާރުގައި މަހުުގެ އަގުތައް ހުރި ގޮތުން، އެކުންފުންޏަށް ފައިދާއެއް ނުވާނެތީކަމަށް ފިޝަރީޒް މިނިސްޓަރު ޑރ.ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ފިރުޝާން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވި އެ ތަން އޮޕަރޭޝަނަށް ގެނައުމަށް އެންމެ ގިނަވެގެންވެސް 5 ނޫނީ 6 މިލިއަން ޑޮލަރު ބޭނުންވާ ކަމުގައެވެ.

”އެވަރަށް ފައިސާ ހަރަދުކޮށްގެން، މަސްގަނެ އެކްސްޕޯޓުކުރުމަކީ މިހާރު އަގުތައް ހުރި ގޮތުން ވައިބަލްކަމެއް ނޫން“ މިނިސްޓަރ ހުސައިން ރަޝީދު ވިދާޅުވިއެވެ..

ހުސައިން ރަޝީދު ވިދާޅުވީ ހޯޑެއްދޫ އޮޕަރޭޝަނަށް ގެނަޔަސް، 17 ރުފިޔާއަށް މަސްގަނެގެން، އޭގެން ފައިދާވާނެ ކަމަށް ކުންފުންޏަށް ނުފެންނާތީ، އަދި އެ ކޮމްޕެޓިޝަންގައި ބައިވެރިވިޔަސް އެކަށީގެންވާ ވަރަށް މަހެއް ނުލިބޭނެ ކަމުގައެވެ. އަދި 17 ރުފިޔާއަށް މަސް ވިއްކެން ހުއްޓާ، 13 ރުފިޔާ 14 ރުފިޔާއަށް މަސް ވިއްކަން ނާންނާނެ ކަމުގައެވެ.

ހޮރައިޒަން ފިޝަރީޒްއަށް ހޯޑެއްދޫން 13.5 ހެކްޓަރުގެ ބިމެއް ހަވާލުކޮށްފައި އޮންނަތާ މިހާރު ގާތްގަނޑަކަށް 17 އަހަރު ވެއްޖެއެވެ. މިކަމުގައި ރަށުގެ ރައްޔިތުން އަދި ގދ ގެ ގިނަގުނަ ކަންބޮޑުވުން ތަކެއް ހުރިއިރު، ސަރުކާރުން އަދި ފިޝަރީޒް މިނިސްޓްރީން މިކަމަށް އަދިވެސް ވަނީ ހައްލެއް ނުހޯދިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button