ލިވާތު ކުރުމާއި ސިޙާޤު ކުރުމަކީ ޤާނޫނުގައި ބޮޑު ކުށަކަށް ހަދަން އިސްލާޙެއް މަޖިލީހަށް
ލިވާތު ކުރުމާއި ސިޙާޤު ކުރުމަކީ ޤާނޫނުގައި ބޮޑު ކުށަކަށަށް ހަދަން އިސްލާހެއް ރައްޔިތުން މަޖިލީހަށް ހުށަހަޅައިފިއެވެ.
މި އިސްލާހު މަޖިލީހަށް ހުށައެޅުއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމެވެ.
“މި އިސްލާހު ހުށަހަޅުއްވަން ނިންމެވީ، އިސްލާމްދީނުގައި ނުހަނު ބޮޑަށް ނަހީކުރައްވާފައިވާ ހުތުރު ފާހިޝް އަމަލުތައް ކަމުގައިވާ ލިވާތު ކުރުމާއި ސިޙާޤު ކުރުމަކީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބޮޑު ކުށްތަކުގެ ތެރޭގައި ހިމެނެން ޖެހޭ ކަންތައްތަކެއްކަމަށް ގަބޫލުކުރެވޭތީ.“ ގާސިމް ވިދާޅުވިއެވެ.
މި އިސްލާހުގައި ބުނެފައިވަނީ އެއްޖިންސުން ގުޅުންހިންގާ މީހުންނަކީ މުޖުތަމައުއަށް ނުރައްކާތެރި ބައެއް ކަމާއިމެދު ޝައްކު ނުކުރާ ކަމަށާއި، އެފަދަ މީހެއްގެ ފަރާތުން އެކަމުގެ އަސަރު ނުވަތަ އެފަދަ މީހެއްގެ ވަސްވާސް، އެމީހާގެ އާއިލާއަށާއި މުޅި މުޖުތަމައު އަށް ވެސް ފޯރާނެ ކަމަށެވެ.
އެގޮތުން އޭގެކުރިން އެފަދަ މީހުން މުޖުތަމައުއިން އެކަހެރި ކުރުމަކީ މުހިންމު ކަމެއް ކަމަށާއި އަދި މިފަދަ ބޮޑެތި ކުށްތަކަކީ އާދައިގެ ކުށްތަކެއްގެ ގޮތުގައި މުޖުތަމައުގައި އާންމުވެގެންދިއުމުގެ ބިރު އެބައޮތް ކަމަށްވެސް އެ އިސްލާހުގައިވެއެވެ.
މި އިސްލާހަށް، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންގެ ތާއީދަށް ޤާސިމް އިބްރާހިމް އެދިވަޑައިގެންފައިވެއެވެ.