ޕީޕީއެމްގެ 2023 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓް އަދި އެޕާޓީގެ ރައީސް، ރައީސް ޔާމީން އަބްދުލްގައްޔޫމް މޫސުން ރަނގަޅު ނަމަ ހޮނިހިރު ދުވަހު ބޮޑުތިލަދުންމައްޗަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޕީޕީއެމުން ވިދާޅުވެފައިވަނީ މޫސުން ގޯސްވެ ވައިގަދަވުމާއި ކަނޑުގަދަވުމުގެ ސަބަބުން ރައީސް ޔާމީން ހއ. ގެ ފަސް ރަށަކަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރެވުނު ވާހަކަ ދަންނަވާ ކަމުގައެވެ.
މި ދުވަސްކޮޅަކީ މޫސުން ގޯސް ކަނޑުތައް ގަދަ ދުވަސްކޮޅެއްކަމުން، ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ރާއްޖޭގެ މީޓިއަރޮލޮޖިކަލް ސާރވިސް އުން އަންގާފައިވާ ދުވަސްކޮޅެކެވެ.