ޚަބަރުސިޔާސީ

ހަފްތާއެއްވަންދެން ދުވާލަކަށް މިލިއަން ރުފިޔާ ހޭދަކުރުމަށްފަހު ރައީސް ސޯލިހު ސިންގަޕޫރަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުރަސްމީ ދަތުރު ފުޅެއްގައި ސިންގަޕޫރަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވަނީ މިއަދުގެ ވަގުތެއްގައި ރައީސް ސޯލިހް ފުރާވަޑައިގެންފި ކަމަށެވެ. ނުރަސްމީ ދަތުރުފުޅެއްގައި އެމަނިކުފާނު ފުރާވަޑައިގެންނެވީ މީގެ ހަފްތާއެއްގެ ކުރިން ސަރުކާރުގެ ރަސްމީ ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން ނުވަ މިލިއަން ރުފިޔާ ހަރަދު ކުރުމަށްފަހުގައެވެ. އެތައް މިލިއަން ރުފިޔާއެއް ސަރުކާރުން ދަތުރުތަކަށް ކޮންމެ އަހަރަކުވެސް ހަރަދުކުރެއެވެ.

ހަރަދުތަށް ކުޑަކުރުމަށް ބައިންލްއަގްވާމީ މާލީ އިދާރާތަކުން ސަރުކާރަށް ލަފާދެއެވެ. ނަމަވެސް، ރައީސް ސޯލިހްގެ ސަރުކާރުން އެކަމަށްވަނީ ބީރު ކަންފަތެއް ދީފައެވެ. އަދި މިކަމުގެ ސަބަބުން ގިނަ ފާޑުކިޔުންތަކެއް ބައިނަލްއަގްވާމީ ގޮތުން ސަރުކާރަށް އަމާޒުވަމުންދެއެވެ.

މިގޮތުން، ކުރިއަށް އޮތް ތަނުގައި ސްރީލަންކާއަށް ޖެހިފައިވާ ހާލު ޖެހިދާނެކަމަށްވެސް ބީއެމްއެލްގެ ސީއީއޯ ޓިމޮތީ ވެސް ވިދާޅުވެފައިވެއެވެ.

2 Comments

  1. ދައުލަތުން އެވަރުކޮއްލީމަ ކުރިންދެއްކެވި ވާހަކަތައްމަތިން ހަނދާނެއްނުހުންނާނެ! އަމިއްލަޖީބުންދާ ރުފިޔާތަކެއްނޫންދޯ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button