ޚަބަރުސިޔާސީ

ޕީޕީއެމްގެ އެތެރޭގެ އިންތިހާބު: ވިލިނގިލީ ދާއިރާގެ ރައީސް ކަމަށް އެންމެންގެ ކުއްބެ

ސިޔާސީ ޕާޓީއަކަށް އެންމެ ފުރަތަމަވެސް ސޮއި ކުރެއްވީ ޕީޕީއެމަށެވެ. ޕީޕީއެމް ވުޖޫދު ވީއްސުރެން މިއަދާ ހަމައަށްވެސް ދެމި ހުންނެވީ އެޕާޓީގައެވެ. ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާއި، ބަދަލުވަމުންދާ ސިޔާސީ އޮއިވަރުގައިވެސް ސާބިތުކަމާއެކު ހުންނެވީ ހަމަ އެޕާޓީގައެވެ.

ގއ.ވިލިނގިއްޔަށް އުފަން ޒުވާނެއް ކަމުގައިވާ ނަޒްލީން ނަޖީބު ނުވަތަ އާންމު ނަމުން ނަމަ، ކުއްބެ އަކީ އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އޮންނަ ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބުގައި ވިލިނގިލި ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވާ ކެނޑިޑޭޓެވެ. ވިލިނގިލީ ޕީޕީއެމް ސްޓިއަރިން ކޮމެޓީގެ މެންބަރުކަން މިވަގުތު ކުރައްވަމުން އަންނަ ކުއްބެއަކީ ޕީޕީއެމް އުފެދިގެން އައި ދުވަސްވަރު އެދާއިރާގެ ޒުވާނުންގެ ތެރެއިން އެންމެ ފުރަަތަމަ ޕާޓީ އާއި ގުޅުނު އެއް މެންބަރެވެ.

 

ދާއިރާގެ ތެރޭގައި ހިނގާ ޕާޓީ ހަރަކާތްތަކުގެ އެންމެ ކުރީ ސަފުން އަބަދުވެސް ފެންނަ ހިންގުންތެރި ކުއްބެއަކީ، ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދު ޔާމިން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގއ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރެއްގެ މަގާމު ފުރުއްވާފައިވާ މުރާލި ހިދުމަތްތެރިއެކެވެ. ވެރިކަން ބަދަލުވުމާއެކު ވަޒީފައިން ވަކި ވާން ޖެހުނަސް ސިޔާސީ ވިސްނުމާއި، ފިކުރު ބަދަލުކޮށްގެން އެ ވަޒީފާގައި ދެމި ހުރުމަށް ކުއްބެ ބޭނުމެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން ކުއްބެ ވަޒީފާއިން ވަކި ކުރީއެވެ. އަދި އިތުރު ހިތްވަރެއް ލައި ނިމިދިޔަ ލޯކަލްކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ކެޑިޑޭޓުންގެ ކެމްޕެއިން މެނޭޖަރުގެ މޭސްތިރިކަމުގެ ދަށުން ކުއްބެ ވަނީ ގއ.އަތޮޅު ކައުންސިލްގެ ރައީސްގެ ގޮނޑި އާއި، ވިލިނގިލީ ކައުންސިލްގެ ސުޕަ މެޖޯރިޓީ ޕީޕީއެމަށް ހޯއްދަވައިދެއްވާފައެވެ.  

ކުއްބެގެ ސިޔާސީ މަގްސަދަކީ ކޮބައިތޯ ”ބޮންތި“ އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ ދާއިރާ އާއި ޕާޓީގެ އެންމެހާ ކަންކަން ކުރިއަރުވައި، ޕާޓީގެ މެންބަރުންނާއި ގުޅިގެން ކުރިޔަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމަށް ފުރިހަމަ ކާމިޔާބީ ހޯދުމަށް ތައްޔާރަށް ހުންނެވި ކަމުގައެވެ.

”ރައީސް ޔާމީނަށް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމަށް ފިޔާތޮށި ސަފުތައް ބަދަހިކޮށް، ރިޔާސީ އިންތިހާބަށް ދާއިރާ ފައްކާ ކުރާނީ އަޅުގަނޑު. އަޅުގަނޑު އެކަން ކުރާނީ ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ހުރެ.“ ކުއްބެ ވިދާޅުވިއެވެ.

ކެނޑިޑޭޓް ނަންބަރު 3، ކުއްބެ އަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ބެޗެލާރސް ޑިގްރީ، ދިވެހި ރާއްޖޭގެ ބިޒްނަސް ސްކޫލުން ހާސިލް ކުރައްވައިގެން ހުންނެވި ޒުވާން، އެންމެނާވެސް ގުޅޭ ބޭފުޅެކެވެ. 

”އަޅުގަނޑު އެދެނީ ދާއިރާގެ ލޮބުވެތި ހުރިހާ މެމްބަރުންގެ ތާއީދާއި އެއްބާރުލުން. ކެނޑިޑޭޓް ނަންބަރު 3 އަކަށް މިފަހަރު ވޯޓު ދެއްވާ.“ ކުއްބެ ވިދާޅުވިއެވެ.

ވިލިނިގިލީ ދާއިރާގައި ހިމެނޭ އަނެއް ރަށް ކަމުގައިވާ ކޮލަމާފުށިންވެސް އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ކާމިޔާބު ހޯއްދަވައި ދެއްވުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން ކުއްބެ ވަނީ ދެއްވާފައެވެ. 

9 Comments

 1. ބާރާއި އާރު ލިބިގެން ދިއުމުން އަމިއްލަ އެދުން ބޮޑު ޖީބަށް ބޮޑުކުރުމުގެ ވިސްނުމާއި ފިކުރު ގެންގުޅޭ މީހަކަށް ވެގެން ދިޔަ ކަމީ ފެންނަން އޮތް ޙަގީގަތެއް. ރައީސް ޔާމީން ގެ ވެރިކަމުގައި ބޭބެއަށް ލިބުނު ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން އާއިލީ މީހުންނަށް މަގުފަހިވާގޮތަށް ކަންކަން ކުރަމުން ދިޔަކީ ފެންނަށް އޮތް ޙަގީގަތެއް. ލޯކަލް ކައުންސިލް އިންތިޚާބްގައި ޕީޕީއެމް ކެނޑިޑޭޓުން ނިކުތީ ގިނިކަންޏާ އެބަޔެއްގެ ސަޕޯޓަރުންނާއި އެކު. ޕާރޓީގެ އިސް ސަފްގައި މަސައްކަތް ކުރަމުން ދިޔަ ބޭފުޅުންތިއްބެވީ ފިލަވާފަ. ސިޔާސީ ކަންކަމުން ދުރަން ޖެހި ރެކިގެން. އަދި ނަޒްލީން ނަޖީބް އަކީ ވެސް ތިބުނާ ލީޑް ރޯލެއް އަދާކުރި މީހެއް ނޫން. އޮޅުވާލުމާއި ދޮގުހެދުމުގެ ފަލްސަފާ ދޫކޮށް އިޚްލާސްތެރި ހިތަކާއިގެން 2023 ރައީސް ޔާމީނަށް ކާމިޔާބް ކުރުމަށް މަސައްކަތް ކުރެވޭން އޮތީ ހަމަ އެކަނި ދާއިރާގެ ރައީސްގެ މަގާމަށް ހޮވިގެން ކަމަށް ދެކި ކުރިމަތި ލުމަކީ އިޚްލާސްތެރިކާމާއި މެދު ސުވާލު އުފެދޭ ކަމެއް. ދާއިރާގެ ރައީސް ގެ ޒިންމާ އަދާކުރެވޭ ވަރަށް ވުރެ ހަރުދަނާކަން ކުޑަ މީހެއް ކަން ފާހަގަ ކުރަން.

  1. ތިޔަ ކައުންސިލް ހޮވުމުގަ އެންމެ އިސް ދައުރެއް އަދާކުރީ ކުއްބެ. ޕީޕީއެމް މެމްބަރުން މިކަމަށް ހެކިވާނެ. ހޮވިފަ ތިބި ކައުންސިލަރުން ހެކިވާނެ. ދޮގުހަދާ އޮޅުވައިލުމަކީ މުނާފިގުންގެ ސިފަ. ނަޒްލީނު އަކީ ޕާޓީ އަށް ވަަރަން އަގު ހުރި މަސައްކަތް ކުރަމުން ދާ މެމްބަރ އެއް. މިފަހަރު މަ ހުންނާނީ ކުއްބެއާއި އެކެ. ދާއިރާ ގެ މެމްބަރުން ނައްވެސް ރަނގަޅީ ކުއްބެ . އިރާދަ ކުރެއްވިއްޔާ މިފަހަރު ހޮވާނަން

 2. އަހަނެ ހޮވުމުގައި ކެމްޕެއިނާއި ހަވާލޭގެން ތެއްޔަހައި ކަމަކެކެރޫ ނަޒްލީން . ހައްގުގެ ގޮތުގައި ވެން ނެ ވާހެކެދައްކަން

 3. ނިމިގެން ދިޔަ ކޮންމެ އިންތިހާބެއްގަ އެންމެ އިސްސަފުގަ ކޮލަމާފުއްޓަށް އައިސް ކެޕްމެއިން ތަކުގަޔއި ޖަލްސާ ތަކުގަ ވާހަކަ ދައްކާފައިވަނީ ކުއްބެ. ކޮލަމާފުއްޓަށް ރަނގަޅީ ކުއްބެ

 4. ޕީޕީއެމް އިން ވިލިނގިލި ދާއިރާ އަށް ހޮވަންވީ ކުއްބެ. ރައިސް ޔާމީން އަށް ތެދުވެރި ވަފާތެރި ބޭފުޅަކީ ނަޒްލީން ނަޖީބު. ކޮލަމާފުށީ ރައްޔިތުން މިކަން ދަންނާނެ

 5. ހޮވަންވީ ނަރީޝް އޭރުން ދޮގުހެކިބަސްދޭނެއެއް ނޫންތަ، މިމީހުނައް ދެންކުރެވޭނެ ސިޔާސީ މަސައްކަރެއް އޮތްހެން ހީއެއްނުވޭ، ފެއިލް ވެފަމިތިބީ
  އަހަރެމެން ދުވަހަކުވެސް ޕުއްޕު ޕާޓީ މީހަކައް ވޯޓެއްނުދޭނެ
  ޝުކުރިޔާ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button