ސަރުކާރުގެ ރަސްމީ ދަތުރުތަކަށް ދައުލަތުން ހަފްތާއެއް ތެރޭ ބަޖެޓުން ނުވަ މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.
މި މަހު 6 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ދައުލަތުގެ ބަޖެޓުން 168.3 މިލިއަން ރުފިޔާ ދަތުރުތަކަށް ހަރަދުކޮށްފައިވާކަމަށް، ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އެއްފަހަރު އާންމުކުރާ ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ. މީގެކުރިންވެސް، 29 ސެޕްޓެމްބަރ އާ ހަމައަށް ސަރުކާރުން ދަތުރުތަކަށް 159.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މިހެންކަމުން، ހަފްތާއެއްގެ ތެރޭގައި 9 މިލިއަން ރުފިޔާ ދައުތަލުގެ ބަޖެޓުން ހަރަދުކޮށްފައިވެއެވެ.
އެތައް މިލިއަން ރުފިޔާއެއް ސަރުކާރުން ދަތުރުތަކަށް ކޮންމެ އަހަރަކުވެސް ހަރަދުކުރެއެވެ. އެގޮތުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ އެމަނިކުފާނަކީ ވަރަށް ގިނައިން ދަތުރުކުރާ ހިތްޕުޅުވާ ބޭފުޅެއްކަމުގައެވެ. އެހެންނަމަވެސް، ހަރަދުތަށް ކުޑަކުރުމަށް ބައިންލްއަގްވާމީ މާލީ އިދާރާތަކުން ސަރުކާރަށް ލަފާދެއެވެ.
އެހުރިހާދަތުރެންމިކުރަންއުޅެނީ ރައްޔިތުންގެފައިސާއިން