ޚަބަރު

އިދިކޮޅުގެ ލޭނާރު މުޒާހަރާ: އިޒުހާން ހައްޔަރު ކުރުމުގެ ތެރޭގައި ފުލުހުން އަނިޔާ ކުރި ކަމުގެ ޝަކުވާ

ދިވެހި މަސްވެރިންގެ އާއިލާތަކުގެ ހައްގުގައި ދިވެހި ރައްޔިތުން ހޯމަ ދުވަހު މަސްމާރުކޭޓް ކުރިމަތީ ބޭއްވި ސުލްހަވެރި އިހްތިޖާދުގަ ބައިވެރިވި މީހަކަށް ފުލުހުން އަނިޔާކޮށްފިކަމަށް ވަކީލު އާދަމް އާސިފް ވިދާޅުވެއްޖެއެވެ.

ވަކީލު އާސިފް ފޭސްބުކްގައި ދިވެހި ފުލުހުންގެ ހިދުމަތާއި އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ޓެގްކޮށް ޖަހާފައިވާ ސްޓޭޓަސްއެއްގައި ވިދާޅުވެފައިވަނީ ދިވެހި މަސްވެރިންގެ އާއިލާތަކުގެ ހައްގުގައި ރައްޔިތުން ހޯމަ ދުވަހު މަސްމާރުކޭޓް ކުރިމަތީ ބޭއްވި ސުލްހަވެރި އިހްތިޖާދުގަ ބައިވެރިވި ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ މެންބަރު އަލީ އިޒުހާން އަނިޔާވެރިކޮށް ހައްޔަރުކޮށްގެން ޕޮލިހުން ގެންގޮސްފައިވާކަމަށެވެ. އަދި ޕޮލިސް ވެހިކަލް ދޮރު ދާރައިގައި އިޒްހާންގެ ބޯ އަވިއައިނާއެކު ޖައްސާ ޗިސްކޮށްލާފައިވާކަމަށެވެ.

ވަކީލު އާސިފް އިތުރަށް ވިދާޅުވެފައިވަނީ ބިނދިފައިވާ އަވިއައިނުވެސް އެ އެބޭފުޅާގެ އަތުގައި އޮތްކަމަށެވެ. މި އަނިޔާވެރި ލާއިންސާނީ އަމަލު ހިންގި ފުލުސް މީހާގެ ނަންހާމަ ކުރަމުން އެއީ ނަޖާހުކިޔާ އެސްއޯ ފުލުހެއްކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. ފުލުސް މީހާގެ ސާރވިސް ނަންބަރުވެސް އެބައިންކަމާއި ހެކިވެސް ހުރިކަމަށް ލޯޔަރ ވިދާޅުވެފައިވެއެވެ. މި ލާއިންސާނީ އަމަލު ހިންގި ފުލުސް މީހާއަކީ ނަޖާހު (ސާރވިސް ނަންބަރު :5947) ”ބޮންތި“ ނޫހަށް މައުލޫމާތު ލިބިފައިވެއެވެ.

މި އަމަލު ކުށްވެރިކޮށް ގިނަ ބައެއްގެ ފާޑުކިއުންތައް ދަނީ ސަރުކާރަށް އަދި ހާއްސަކޮށް އެމްޑީޕީ އަށް އަމާޒުވަމުންނެވެ. ބައެއް މީހުން ކޮމެންޓް ސެކްޝަނުގައި ހިޔާލު ފާޅުކުރަމުން، ފުލުހުންނަކީ ހަމައެކަނި އެމްޑީޕީގެ ހިމާޔަތުގައި ތިބެން ޖެހޭ ބައެއްތޯ ސުވާލުކޮށްފައިވެއެވެ. 

One Comment

  1. މިހާރަކައް އައިސް ފުލުހުންގެ ފަރާތުން ރައްކާތެރި ކަމުގެ ބަދަލުގައި ލިބެނީ އަނިޔާ ކޮއްފަހުރި ހުވަޔަކައް ވެސް ހުރުމަތެއް ނުބަހައްޓާ މިކަން މިހެން މިވަނީ އިސް ވެރިންނައް ތިބަ މީހުން ނަކީ ގައުމައް ޣައްދާރު ޚާއިނުންތަކެއް ކަމުން

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button