ޚަބަރުސިޔާސީ

ސަރުކާރު ހިންގުމުގެ ހަރަދު މިދިޔަ އަހަަރަށްވުރެ 3.3 ބިލިއަން ރުފިޔާ އިތުރު!

މި އަހަރުގެ މިހާތަނަށް ފާއިތުވި އަހަރާއި އަޅާބަލާއިރު ރިކަރަންޓް ހަރަދުތަކަށް 3.3 ބިލިއަން ރުފިޔާ ހަރަދުވެއްޖެކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ހާމަވެއްޖެއެވެ. މިހިސާބުތަކަކީ، ފިނޭންސް މިނިސްޓްރީއިން ކޮންމެ ހަފްތާއަކު އެއްފަހަރު އާއްމު ކުރަމުންދާ، ދައުލަތުގެ އާމްދަނީއާއި ހަރަދުގެ ހިސާބުތަކެވެ.

މި އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން މި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ރިކަރަންޓް ހަރަދުތަކަށް 20.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިދިޔައަހަރުގެ އެ މުއްދަތުގައި ރިކަރަންޓް ހަރަދުތަކަށް ޖުމްލަ 17.7 ބިލިއަން ރުފިޔާ ހަރަދު ކުރިއެވެ. މިހެންކަމުން، މިއީ މިދިޔަ އަހަރަށް ވުރެއް 3.3 ބިލިއަން ރުފިޔާގެ އިތުރު ހަރަދެކެވެ.

މި ހަރަދުތަކުގެ ތެރޭގައި، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހަރަދާއި، އިދާރީ އަދި ހިންގުމުގެ ހަރަދުތައް ހިމެނެވެއެވެ. މި ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެފައިވަނީ އިދާރީ އަދި ހިންގުމުގެ ހަރަދެވެ. އެއީ 2.8 ބިލިއަން ރުފިޔާގެ އިތުރު މިންވަރެކެވެ.

މި ހަރަދުތަށް ކުޑަކުރުމަށް ބައިންލްއަގްވާމީ މާލީ އިދާރާތަކުން ސަރުކާރަށް ލަފާދެމުން އައިނަމަވެސް ސަރުކާރުންވަނީ އެންމެ ހަފްތާއެއްގެ ތެރޭ ދަތުރުކުރަން 9 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button