
ތިލަމާލެ ބްރިޖްގެ މަޝްރޫޢު ހިންގަމުންދާ އިންޑިއާގެ އެފްކޯސް ކުންފުނީގެ ޕްލެޓްފޯމެއް މިދިޔަ މަހުގެ 16 ވަނަ ދުވަހު ވިލިމާލެ ފަރަށް އެރުމުން ލިބިނު ގެއްލުން ބަލާހެދި ސާވޭގެ ރިޕޯޓަށް ޖަވާބުދާރީވުމަށް އެ ކުންފުންޏާއި ހަވާލު ކުރުމުން އެކުންފުނިންވެސް ސާވޭ ހަދަން ބޭނުންވާ ކަމަށް ހުށަހަޅާފައިވާ ކަމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވެއްޖެއެވެ.
ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވެފައިވަނީ މިހާރު އިންޑިއާގެ އެ ކުންފުންޏަށް ސާވޭ ހެދުމަށް ފުރުސަތު ދީފައިވާނެކަމަށެވެ. އަދި ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ޖަވާބު ދާރީ ވާން ޖެހޭނެކަމަށްވެސް ވިދާޅުވެފައިވެއެވެ.
މި ރިޕޯޓުގެ ތަފްސީލެއް އީޕީއޭއިން އާއްމުކޮށްފައިނުވި ނަމަވެސް ފަރަށް ލިބުނު ގެއްލުން ހޯދުމަށް ސާވޭ ހިނގި އިރު، އީޕީއޭއިން ވަނީ ފަރަށް ލިބިފައިވާ ގެއްލުމުގެ ބައެއް ތަފްސީލް ހާމަ ކޮށްފައެވެ.
މި މައްސަލައިގައި އެފްކޯންސްއަކީ އިންޑިއާ ކުންފުންޏަކަށް ވީތީ އެ ކުންފުންޏާ މެދު ފިޔަވަޅު އެޅުމުގައި އެއްވެސް ތަފާތެއް ނުގެންގުޅޭނަން ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވީނަމަވެސް، އެ ކުންފުންޏަށް އީޕީއޭގެ ރިޕޯޓާއި މެދު ބަސްބުނެ އަލުން ތަހުލީލް ކުރުމުގެ ފުރުސަތު ވަނީ ދީފައެވެ.