ޚަބަރުސިޔާސީ

ރައީސް ޔާމީންގެ ވެރިކަމުގައި ހެދި އައު ރަންވޭ 4 އަހަރު ފަހުން ބޭނުން ކުރަން ފަށައިފި

ކުރީގެ ރައީސް އަބްދު ޔާމީންގެ ވެރިކަމުގައި ފެށި ވެލާނާއިންޓަނޭޝަނަލް އެއާރޕޯޓް (ވީއައިއޭ) ގެ އައު ރަންވޭ ބޭނުންކުރަން ފަށައިފިއެވެ.

މި ރަންވޭއަކީ އޭ 380 މަތިންދާބޯޓަށް ޖެއްސޭ ފެންވަރަށް ތަރައްގީ ކުރެވިފައިވާ ރަންވޭއެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެ ރަންވޭ އަށް ޓެސްޓު ފްލައިޓުވެސް ވަނީ ޖައްސާފައެވެ.

މި ސަރުކާރު ބަދަލުވެގެން 4 އަހަރު ފާއިތުވެގެން ދިޔައިރުވެސް މި ރަންވޭ  ބޭނުންކުރަން އޮތީ ނުފެށިފައެވެ. މިކަމުގެ އުޒުރެއްގެ ގޮތުގައި ސަރުކާރުން ބުނެފައިވަނީ އައު ރަންވޭ ކައިރީގައި ހުރި ކުރީގެ ސީ ޕްލޭން ޓާމިނަލް ބޭނުންކުރަން ޖެހުމެވެ.

އައު ރަންވޭ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެހެންނަމަވެސް، ރައީސް ޔާމީންގެ ދައުރުގައި އައު ސީ ޕްލޭން ޓާމިނަލެއްވެސް ވަނީ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން ނިންމާފައެވެ.

އައު ރަންވޭ ބޭނުންކުރަން ފެށުމުން ކުރީގައި ބޭނުންކުރަމުން ދިޔަ ރަންވޭ ބޭނުންކުރާނީ މަތިންދާބޯޓު ޕާކްކުރުމަށް ފަދަ ކަންކަމަށް ބޭނުންކުރާ ޓެކްސީވޭއަކަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button