ޚަބަރު

މުދައްރިސުންގެ ހައްގުތައް ހޯދައިދިނުމަށް އެންމެން މަސައްކަތް ކުރަންޖެހޭ: ޑރ. މުއިއްޒް

މުދައްރިސުންގެ ހައްގުތައް ފުރިހަމައަށް ހޯދައިދިނުމަށް ސަރުކާރާއި، އެންމެހައި ފަރާތްތަކުން މަސައްކަތްކުރުމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހުގެ ތަހުނިޔާތައް ފޮނުއްވަވައި، ކުރެއްވި ޓުވީޓެއްގައި މުއިއްޒު ވިދާޅުވީ ގައުމު ބިނާކުރުމުގައި އެންމެ މުހިންމު އެއް ދައުރެއް އަދާކުރާ ފަރާތަކީ މުދައްރިސުން ކަމަށެވެ. އެހެންކަމުން މުދައްރިސުންގެ ހައްގުތައް ފުރިހަމައަށް ހޯދައިދިނުމުގައި ސަރުކާރާއި، ކަމާއި ގުޅުންހުރި އެންމެހައި ފަރާތްތަކުން މަސައްކަތްކުރުމަށް މުއިއްޒު ގޮވާލެއްވި އެވެ.

ޑރ.މުއިއްޒު ވިދާޅުވިގޮތުގައި މުދައްރިސުންގެ ހައްގުތައް ހޯދައިދިނުމުގައި އެންމެހައި ފަރާތްތަކުން މަސައްކަތްކުރުމަކީ ގައުމުގެ މިއަދުގެ މުސްތަގުބަލަށް އެންމެ މުހިންމު ކަންތަކެވެ.

ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button