ޚަބަރު

އަނެއްކާވެސް ގެއްލިގެން މީހަކު ހޯދަނީ

އަނެއްކާވެސް ރާއްޖޭން ޒުވާނަކު ގެއްލިގެން ހޯދަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިފަހަރު ގެއްލިގެން ހޯދަމުންދާ ޒުވާނާ ގެއްލިފައިވަނީ އައްޑޫ ސިޓީ ހިތަދޫ އިން ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އައްޑޫސިޓީ ހިތަދޫ އިން ގެއްލިފައިވަނީ އުބައިދުﷲ ހަސަން ނަމަކަށް ކިޔާ އުމުރުން 28 އަހަރުގެ ދިވެއްސެއް ކަމަށެވެ.

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ 08:00 ގައި ކަމަށާއި، އޭނާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ސޯޓަކާއި ޓީޝާޓެއް ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެންމެ ފަހުން އުބައިދުﷲ ފެނިފައިވަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުގެ 08:00 ގައި ހިތަދޫ ގުރައިޝާމަންޒިލް ގެ ކައިރިން ކަމަށެވެ.

އުބައިދުﷲ ހަސަން އާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ނަންބަރު 9791612 އަށް ގުޅުއްވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އުބައިދުﷲ ގެއްލިފައިވާކަން ފުލުހުން ހާމަކޮށްފައިވާއިރު ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހިން ޒުވާނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވެއެވެ.

އެޒުވާނާ ފެނިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ހުޅުމާލޭގެ ވޯޓަރތީމް ޕާކް ކުރިމަތީގައިވާ ހުސްބިމުންކަމަށް ފުލުހުންބުނެފައިވެއެވެ. އަދި އޭނާގެ ހަށިގަނޑު ފެނުނުއިރު އޮތީ މަރުވެފައިކަމަށާއި، ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށްގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

One Comment

  1. ރައްޔިތުން އަވަހަށް ނުކުމެ މުޅިރައް ބަލަންވީ. ފުލުހުންނަކަށް ނުވާނެ. މާލޭގައި ނުވިކަމެއް ރާއްޖެ ތެރޭގަ އަމުދުން ނުވާނެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button