ޚަބަރުސިޔާސީ

ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްގައި ބޭނުން ކުރެވޭ ގޮތަށް ހުރި އަދަދު ދަށްވެއްޖެ!

ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްގައި ބޭނުން ކުރެވޭ ގޮތަށް ހުރި އަދަދު ފާއިތުވު ސެޕްޓެމްބަރ މަހުވެސް ދަށްވެއްޖެއެވެ.

ސެޕްޓެމްބަރ މަސް ނިމުނު އިރު ޖުމްލަ ރިޒާވްގައި ހުރީ 540 މިލިއަން ޑޮލަރެވެ. އޭގެ ތެރެއިން ބޭނުން ކުރެވޭ ގޮތަށް ހުރީ 194 މިލިއަން ޑޮލަރ ކަމަށް މަރުކަޒީ ބޭންކުން އާންމުކޮށްފައިވެއެވެ. އޮގަސްޓް މަސް ނިމުނު އިރުގައި ބޭނުންކުރެވޭ ރިޒާވްގައި 244 މިލިއަން ޑޮލަރު ހުއްޓެވެ. އެހެން ކަމުން، ބޭނުންކުރެވޭ ރިޒާވުން 50 މިލިއަން ޑޮލަރު މަދުވެފައިވެއެވެ.

މި އަހަރު ފެށުނު އިރުގައި ދައުލަތުގައި ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި 371 މިލިއަން ޑޮލަރު ހުއްޓެވެ. އޭރާއި ބަލާއިރުގައި ރިޒާވުން 2.7 ބިލިއަން ރުފިޔާ މަދުވެފައިވެއެވެ.

ދިވެހިރާއްޖެ ސޮވެރިން ޑިފޯލްޓަކަށް ގޮސްދާނެކަމުގެ އިންޒާރު ދުނިޔޭގެ އެންމެ ބޮޑު އިންވެސްޓްމެންޓް ބޭންކް ކަމަށްވާ ޖޭޕީ މޯގަން އިންވެސް ވަނީ ދީފައެވެ.

ފާއިތުވި ހަތަރު މަހުވެސް ބޭނުން ކުރެވޭ ރިޒާވް އެއް މަހަށް ވުރެ އަނެއް މަސް ވަނީ ދަށަށް ގޮސްފަ އެވެ. މިއަހަރާއި މިދިޔަ އަހަރު ވެސް ޖުމްލަ ރިޒާވް އަދި މިހާ ދަށަށް ނުދެ އެވެ. ނަމަވެސް، ދިވެހި ސަރުކާރުން ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ.

One Comment

  1. މިސަރުކާރަށް ދޮގެއްނަހަދާ ހަމަ އެއްވެސްކަމެއްނުކުރެވޭނެ.އެހެންތާވާނީ މިސަރުކާރުއައީވެސް ދޮގުހަދާއޮޅުވާލައިގެން ދެން ދޮގުހެދުންނުހުއްޓޭނެތާ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button