ޚަބަރުސިޔާސީ

ހޯމް މިނިސްޓަރ އިމްރާން ރުގްޔާ ކުރައްވަން ހިސްޓޯ ގޮވާލާފި

ހޯމް މިނިސްޓަރ އިމްރާން ރުގްޔާ ކުރައްވަން ކުރީގެ ސްޓޭޓް މިނިސްޓަރ އަދި ކުރީގެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގެ ނައިބު ރައީސް ޝިފާގް މުފީދް (ހިސްޓޯ) ގޮވާލައްވައިފިއެވެ.

ހިސްޓޯ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރުގްޔާ ކުރަން މޮޅު އިމްރާންގެ ބެލުމުގެ ދަށުގައި ޑރ.އަފްރާޝީމްގެ މަރުގެ މައްސަލާގައި ޖަލަށް ލާފައިވާ ހުސެއިން ހުމާމް ހުއްޓާ މޮޔަވީމަ އިމްރާން ރުގްޔާ ކުރަން ވީނުންތޯ ސުވާލު ކުރައްވާފައެވެ. މި ޓްވީޓް ހިސްޓޯ ކުރައްވާ ފައިވަނީ ޑރ.އަފްރާޝިންގެ އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވިފައިވާ ހުމާމް ޖަލުގައި ހުއްޓާ “މޮޔަވެއްޖެ” ކަމަށް “ދިޔަރެސް” ނޫހުން ޖަހާފައިވާ އާޓިކަލް އެއްގެ ފޮޓޯ ޝެއަރ ކުރަމުންނެވެ.

މި ޓްވީޓްގައި ހިސްޓޯ އިތުރަށް ވިދާޅުވެފައިވަނީ ބޮޑެތި ޖިނާއީ ކުށްތައް ކުރާ މީހުންނަކީ މޮޔައިންކަމަށް ހަދައި ދޫކޮށްގެން އެފަދަ ކުށްތައް ތަކުރާރު ކުރުވައިފިކަމަށެވެ. އަދި ގާތިލު ދޫކޮށްލަން ޖަހާ ޗައްކަރެއްތޯ ހިސްޓޯ ސުވާލު އުފައްދަވާފައިވެއެވެ.

ޑރ.އަފްރާޝިމް އަވަހާރަކޮށްލިތާ ދިހަ އަހަރު ފުރިފައިވާއިރު، އެމަނިކުފާނުގެ މަރަށް އިންސާފު މި ސަރުކާރުން ހޯދައިނުދެވޭ ކަމަށް އާއިލާއިންވެސް ވަނީ ބުނެފައެވެ. މިސަރުކާރުން ވެރިކަމާ ހަވާލުވީ މިފަދަ މައްސަލަތައް ބެލުމުގެ މަގްސަދުގައި ކަމަށާއި، ރަޢީސް އިބްރާހީމް މުޙައްމަދު ސޯލިހް އުފެއްދެވި މަރު ކޮމިޝަނުން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ތަހުގީގީ ރިޕޯޓެއް އާންމުކޮށްފައިވާއިރު، މިއަދާއި ހަމައަށްވެސް ތުހުމަތު ކުރެވޭ ފަރާތުގެ މައްޗަށް ހުކުމް ތަންފީޒުކޮށްފައިނުއެވެ.

މި މައްސަލާގެ ތަހުގީގު މިހާރު ހުއްޓިފައިވާއިރު، މިފަދަ މައްސަލަތައް ބެލުމަށް ހަދާފައިވާ ރިޔާސީ ކޮމިޝަނުގެ ބޭނުމެއް ނެތްކަމަށް ގިނަ ރައްޔިތުން ދެކެއެވެ.

 

One Comment

  1. Thi vidhaalhuvaa maruthakah insaafu hoadhaidhnumaa, maruthahugeegu kuraa kometee eh ufedhdhumaa ebunaa kometeeah sarukaaruge khazaanaa ossaaleema mi hurihaa kamakee ves Hama emme kamegge beynumugaa mi hiyalhu sarukaarun kuri kanthah thah e ee dhogaa maku hadhaigen ves RY isthashifulhugaa maruthahkuge thaaju elhuvumaa RY ah oiy raiyyathunge ithubaaraa loabi kanduvaa lumaa gaumuge verikan vagu voatun feyri gathumaa gaumuge khazaanaa lovelumaa adhives ithurah mathimachchah dhogu hadhaigen gaumugaa vaki hippaigen thibun.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button