ޚަބަރު

ހުޅުމާލޭގެ ކޮވިޑް ފެސިލިޓީއަށް ކްރިމިނަލް ކޯޓު ބަދަލުކުރަން ނިންމައިފި

ހުޅުމާލޭގެ ކޮވިޑް ފެސިލިޓީއަށް ކްރިމިނަލް ކޯޓު ބަދަލުކުރަން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ކުރާ އިމާރާތުގެ ބައެއް ބައުވެ ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވެފައިވާތީކަމަށް މައުލޫމާތު ލިބެއެވެ. ނިމިދިޔަ ފެބުރުވަރީ މަހު ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓު ހިންގާ އިމާރާތުގައި ހިމެނޭ ހަތަރު ބުރީގެ ބައި ބޭނުންކުރުން ހުއްޓާލުމަށްފަހު، ޝަރީޢަތްތަކާއި ކޯޓުގެ މަސައްކަތްތައް އޮންލައިންކޮށް ހިންގައި، ގެއިން މަސައްކަތްކުރުމާއި، ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތްތައް ކުރިއަށް ގެންދަން ޖޭއެސްސީން ނިންމާފައިވާކަމަށެވެ.

ކްރިމިނަލް ކޯޓު މިހާރު ހިންގާ އިމާރާތަކީ ބައުވެ ބޭނުންނުކުރެވޭ ވަރު ވެފައިވާ އިމާރާތަކަށްވާތީ އެ އިމާރާތް ބޭނުންކުރުމަކީ ފަނޑިޔާރުންނާއި މުވައްޒަފުންނަށް ރައްކާތެރިކަމެއްކަމަށް ނުފެންނަކަމަށާއި، އެ ކޯޓުގެ އިމާރާތުގެ މައްސަލަ ހައްލުކުރަން ހުޅުމާލޭގައި ހުންނަ ކުރީގެ ކޮވިޑް ފެސިލިޓީ ހިންގި އިމާރާތުގައި ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ހިންގަން ސަރުކާރުން އެތަން ހަމަޖައްސާފައިވާކަމަށް އެކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުގެ މަސައްކަތްތައް ކުރީގެ ފެސިލިޓީ ހިންގި އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށާއި، އެ މަސައްކަތަށް ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރުއަދާކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button