ޚަބަރު

ފުލުހުންގެ އޮޕަރޭޝަންތަކުގައި ކަރަންޓު ފިސްތޯލަ ބޭނުންކުރަން ފަށައިފި

މިއަހަރު ފެބުރުވަރީ 26 އިން ފެށިގެން ދިވެހި ފުލުހުންގެ އޮޕަރޭޝަންތަކުގައު ކަރަންޓު ފިސްތޯލު ނުވަތަ ޓޭޒާ ގަން ބޭނުންކުރަން ފަށައިފިއެވެ.

ކޮމިޝަނާ އޮފް ޕޮލިސް ކުރެއްވި ޓްވީޓެއްގައި މިކަން ހާމަކުރައްވަމުން ވިދާޅުވެފައިވަނީ މާލޭގައި ހަރަކާތްތެރިވާ ފުލުހުންގެ ތެރެއިން ”ހައި ވިޒިބިލިޓީ ޕޮލިސިން“ ޓީމުތަކުން ޓޭޒާ ގަން ބޭނުންކުރާނެކަމަށާއި އެ ބޭނުންކުރުމުގެ ހުއްދަ އޮންނާނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ތެރެއިން ސާޖަންޓު ރޭންކަށްވުރެ މަތީ ރޭންކުތަކުގެ ފުލުހުންގެ ތެރެއިން އެކަމަށް ހާއްސަ ތަމްރީނުލިބި ސެޓިފައިޑްވެފައިވާ ފުލުހުންނަށްކަމަށެވެ.

ކަރަންޓު ފިސްތޯލު ބޭނުންކުރުމަށް 2020 ވަނަ އަހަރު ފުލުހުން ވިސްނާފައިވާއިރު، އެކަމާ ގުޅޭ ހާއްސަ ތަމްރީނުތަކެއް ފުލުހުންގެ ތެރޭގައި އެއިރު ފަށާފައިވެއެވެ. އަދި މިދިޔަ އަހަރު ނޮވެންބަރު މަހުގައި، ޓޭޒާ ގަން ބޭނުންކުރުމަށް ފުލުހުން ނިންމާފައިވާއިރު ޓޭޒާ ގަން ބޭނުންކުރާނީ ކުށްވެރިންގެ ތެރެއިން ނުރައްކާތެރި މީހުންގެ ފަރާތުން ފުލުހުންނަށް ލިބިދޭނެ ގެއްލުމެއް ކުޑަކުރުމުގެ ހާލަތެއްގައި އެކަނިކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ޓޭޒާ ގަން ބޭނުންކުރާއިރު ބޮޑީ ކެމެރާ ފުލުހުން އަޅާނެކަމަށް ކޮމިޝަނާ ކުރިން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button