ޚަބަރު

އަވަށްޓެރި ފުލުހުންގެ ހަފްތާގެ ހަރަކާތްތައް ފަށައިފި

ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން “އަވަށްޓެރި ފުލުހުންގެ ހަފްތާ” ގެ ހަރަކާތްތައް މާލެ ސިޓީއާއި އަތޮޅުތަކުގައި ފަށައިފިއެވެ.

އަވަށްޓެރި ފުލުހުންގެ ހަފްތާ ފެށުމުގެ ފުރަތަމަ ހަރަކާތުގެ ގޮތުން ވަނީ މިއަދު ހެނދުނު މާލެ ސަރަހައްދުގައިވާ ސްކޫލުތަކާއި އަތޮޅުތަކުގެ އެކި ރަށްރަށުގައި ހުރި ސްކޫލުތަކުގެ އެސެމްބްލީގައި ފުލުހުން ބައިވެރިވެފައެވެ. އެގޮތުން މިއަދު ފުލުހުން ވަނީ އެސެމްބްލީގައި ބައިވެރިވެ “ސައިބަރ ސޭފްޓިއާއި ބުލީންގ” އާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދީފައެވެ.

މިއަދުގެ ހަރަކާތުގެ ތެރެއިން ވަނީ މާލެ ސިޓީ ހިމެނޭ ސަރަހައްދުގެ 16 ސްކޫލެއްގެ 9،290 ދަރިވަރުންނަށް މައުލޫމާތު ދީފައެވެ. އަދި އަތޮޅުތެރެއިން އެކި ސްކޫލަކުން ޖުމްލަ 20،778  ދަރިވަރަކަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން މި ހަރަކާތުގެ ތެރެއިން 29،979 ދަރިވަރުންނަށް މައުލޫމާތު ދެވިފައިވެއެވެ.

އަވަށްޓެރި ފުލުުހުންގެ ހަފްތާގެ ހަރަކާތްތަކުގެ މާލެ އާއި އަތޮޅު ތެރޭގައި ކުރިއަށް ގެންދާއިރު މިހަފްތާގެ ތެރެއިން ގިނަ ހަރަކާތްތަކެއް ރޭވިފައިވާއިރު، މިއަދު ހަވީރު މާލެ އާއި އަތޮޅުތަކުގައި “ވޯކް އެންޑް ޓޯކް” ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިހަރަކާތުގައި މާލޭގެ އެކި ސަރަހައްދުތަކުގައާއި އަތޮޅުތެރޭގެ މަގުތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާނެއެވެ. އަދި ފުލުހުންނާ ބައްދަލުކޮށް ރައްޔިތުންގެ ވާހަކަތައް ފުލުހުންނާ ހިއްސާކުރެވޭނެއެވެ.

އަވަށްޓެރި ފުލުހުންގެ ހަފްތާގެ ހަރަކާތްތައް ސެޕްޓެމްބަރު 18 އިން 24 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި މުއްދަތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތްތަކުގެ ތެރޭގައި އެގޮތުން ގޭގެއަށް ޒިޔާރަތްކޮށް އާއިލާތަކާއި ބައްދަލުކުރުމާއި، ކޮމިޔުނިޓީ މީޓންގތަކާއި، ލޭ ހަދިޔާކުމުގެ ކޭމްޕާއި، ހާއްސަ ފުޓްބޯޅަ މެޗެއް ކުޅުމާއި، ވިޒިޓިންގ ވަލްނަރަބަލް ޕޮޕިޔުލޭޝަނާއި، ގުރައިދޫއަށް ޒިޔާރަތްކުރުމާއި، ކޮމިޝަނަރ މީޓިންގް ޕެނަލާއި، އަވަށްޓެރި ފުލުހުން މީޑިޔާއަށް، އަ ޑޭ ވިދް ޕާޓްނާސް، ޕްލާސްޓިކް ކްލީނިންގ އިވެންޓް، ޕާރކްތަކަށް ޒިޔާރަތްކުރުމުގެ ހަރަކާތްތަކެއްގެ އިތުރުން އަވަށްޓެރި ފުލުުހުންގެ ހަވީރެއް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button