ޚަބަރު

”ނަޝީދު މަރުވީ ނޭވާ ހާސްވާތީ ފަރުވާއަށް އެދި އާދޭސް ކުރަނިކޮށް“

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މ. މުލި ހުދުފިނިފެންމާގޭ މުޙައްމަދު ނަޝީދު (43 އަހަރު) މިއަދު މަރުވީ ނޭވާ ހާސްވާތީ ފަރުވާއަށް އެދި އާދޭސް ކުރަމުން ދަނިކޮށް ކަން ހާމަވެއްޖެއެވެ.

”ބޮންތި“ އަށް މައުލޫމާތު ދެއްވަމުން ނަޝީދުގެ ގާނޫނީ ވަކީލު މުހައްމަދު ރާގިބު ވިދާޅުވީ މިއަދަކީ އޭނާ ބަންދު ކޮށްފައިވާ މައްސަލަ ކަމުގައިވާ 61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ އަޑު އެހުމެއް 14:30 ގައި ކްރިމިނަލް ކޯޓުގައި ތާވަލު ކުރި ދުވަހެއް ކަމުގައެވެ.

”ކުއްލިޔަކަށް އާއިލާއިން ގުޅާފަ ބުނީ ދޮންބެ ނޭވާ ހާސްވެގެން ގޮޅީތެރޭގައި މަރުވެއްޖެ އޭ. އެއްކޮށް ތިބި މީހުންވެސް ވަރަށް ގޮވިއޭ.“ ރާގިބު ވިދާޅުވިއެވެ.

ނަޝީދު ނޭވާ ހާސްވެގެން އުޅޭކަން އޭނާއާއިއެކު ގޮޅީގައި ތިބި މީހުން ޖަލު އޮފިސަރުންނަށް ގޮވައި އެންގުމުން، ގޮޅިއަށް އޮފިސަރުން ދިޔައިރުވެސް އޭނާ އޮތީ މަރުވެފައިކަން ރާގިބު ފާހަގަކުރެއްވިއެވެ. އެކަމަކު އޮފިސަރުން ދިޔައީ އެހެން ވެގެން އުޅޭތާ ސީދާ ކިހާއިރަކު ކަމެއް ނޭނގެއެވެ.

މިކަމާ ގުޅިގެން ކަރެކްޝަނަލް ސާރވިސް އިން ބުނީ ނަޝީދު ނޭވާ ނުލާތީ އޭނާގެ ގޮޅީގައި ހުންނަ ބަންދު މީހަކު ޕްރިޒަން އޮފިސަރުންނަށް އެންގުމުން، އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ސީޕީއާރް ދީފައި ވާކަމުގައެވެ. ސީޕީއާރަށް ފަހުވެސް ނޭވާ ނުލުމުން، ޑޮކްޓަރު ވަނީ 17:26 ހާއިރު އޭނާ ނިޔާވިކަމަށް ކަނޑައަޅާފައިކަމަށް އެ އިދާރާއިން ބުންޏެވެ.

ފުލުހުންގެ ފަރާތުން ނަޝީދަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ލިބިގެން އެކަމުގެ ޝަކުވާވެސް އާއިލާ އާއި، ވަކީލުންގެ ފަރާތުން މީގެ ކުރިން ވަނީ ކޮށްފައެވެ.

ނަޝީދުއަކީ 2020 ވަނަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލި 61 ކިލޯގެ ޑްރަގް މައްސަލާގައި ހައްޔަރު ކުރި މީހެކެވެ. އެ މައްސަލާގައި 11 މީހަކު ހައްޔަރު ކުރިއެވެ.

3 Comments

  1. ފިތުނަފަސާދަ އުފެދޭގޮތައް ނޫނީ ޙަބަރެއް ގެނެސްދޭން އިނގޭ ނޫހެއް ނޫން މީ. ހަގީގަތުގަ ނަޟީދު މަރުވިފަހުން ދެން އެގޮޅީގަ ތިބި މީހުންނައް އިނގިގެންބެލިއިރު ނޭވާނުލާތީ ޖަލު އޮފިސަރުންނައް ގޮވީ.. އޮފިސަރުންނައް ގޮވިތާ ދެތިންމިނިޓް ތެރޭ އޮފިސަރުން ގޮސް ނަޟީދު ނެރެގެން މެޑިކަލް ޑިޕާޓްމަންޓައް ގެންގޮސް ޗެކް ކުރި އިރު އޮތީ މަރުވެފަ..
    ޖަލުގަ ހިނގާ ކަންކަން މޮނީޓަރ ކުރެވޭގޮތައް ހުރީ… ވީއިރު ގޮޅިން އޮފިސަރުންނައް ގޮވި އިރަކާ އެޓެންޑުވި އިރު އިނގޭނެ.. ތަންކޮޅެއް ޒިންމާދާރުވެބަލަ.. ހިތައްއަރާ އެއްޗެއްނޫން ލިޔާނީ… ކަން ހިނގިގޮތް .

  2. ކޮބާ ހިއުމަންރައިޓްސް؟ ކޮބާ ޖަލު ގޯސްވެގެން އުޅުނު އަހުމަދު ފުޅު؟ ކޮބާ ސުންޕާ ގޮންގު؟ ޔާމީނުޖަލުގަ ނެތީމަ އޯކޭ ؟ އިސްތިގުފާ ސޯލިހު

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button