ހުޅުމާލޭގައި ޑްރިފްޓް ޖެއްސުން ހުއްޓުވުމުން ޒުވާނުން މުޒާހަރާ ކޮށްފި

ޒުވާނުންގެ ސިޓީ ހުޅުމާލޭގައި ކާރު އަދި ސައިކަލު ޑްރިފްޓް ޖެއްސުން ފުލުހުން ހުއްޓުވުމުން ހުޅުމާލޭ ޕޮލިސް ސްޓޭޝަން ކުރިމަތީ ގިނަ އަދަދެއްގެ ޒުވާނުން ރޭ މުޒާހަރާ ކޮށްފިއެވެ.
ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހުގެ ރޭގަނޑު ބާރަ ޖަހާއިރު ޒުވާނުންގެ ސިޓީ ހުޅުމާލޭގައި މޯލްޑިވްސް ޑްރިފްޓް އެސޯސިއޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތަށް ގިނަ އަދަދެއްގެ ފުލުހުން ރޭ ވަނީ ހުރަަސް އަޅާފައެވެ.
އެތަނުގައި އުޅުނު ޒުވާނަކު ’ބޮންތި‘ ނޫހަށް މައުލޫމާތު ދިންގޮތުގައި މިކަމަކީ ބުރަ ހަފްތާއެއް ނިންމާލުމަށް ފަހު އެންމެން އެކީ ގުޅިގެން ސަކަރާތް ޖަހާ، މަޖާ ކޮށްލާ އަދި ހިތްހަމަ ޖައްސާލުމަށް ކުރާ ކަމެކެވެ.
މިހަރަކާތް ބާއްވަނީ މީހުން ދިރި ނޫޅޭ ހިސާބެއް ކަމުގައިވާ އިންޑަސްޓްރިއަލް ޒޯންގައެވެ. އެތަނުގައި އެފަދަ ހަރަކާތެއް ބާއްވައިގެން އެއްވެސް ރައްޔިތަކަށް އުނދަގުލެއް އަދި ނުރައްކަލެއް ނެތްކަންވެސް އޭނާ ފާހަގަކުރިއެވެ.
”މިއީ މާ ބޮޑު މައްސަލަޔަކަށް ހަދައިގެން އުޅެން ޖެހޭ ވަރުގެ ކަމެއް ނޫން. އަޅުގަނޑުމެނަށް ޖެއްސުން ނުކޮށް ލިވާތު ކުރާ ބައިގަނޑު ފަހަތުން ދުވެބަލަ.“ އޭނާ ބުންޏެވެ.
އެމްޑީޕީ ސަރުކާރުން މީގެ ކުރިންވެސް ރޭސިން އަދި ޑްރިފްޓް ޖައްސާ ޒުވަނުންނަށް ވަނީ ހުރަސް އަޅާފައެވެ މި ސަރުކާރުން ވެރިކަމަށް އަންނަތާ 1 އަހަރުތެރޭ ރޭސިން ޓްރެކެއް އަޅާނެ ކަމަށް ބުންޏަސް އެވާހަކަ މިހާރު ނުދައްކައެވެ.