ޚަބަރު
ވޭލް ސަބްމެރިންގެ 3 ގޭސް ސިލިންޑަރު ގޮވައިފި
ވިލިމާލެ ބޭރުގައި އޮންނަ ވޭލް ސަބްމެރިންގެ 3 ގޭސް ސިލިންޑަރު ގޮވައި ފުލުހުން އެ ސަރަޙައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ހާދިސާގެ ރިޕޯޓު މިރޭ 21:10 ގައި ވިލިމާލެ އާއި ދިމާލުން ބާރު އަޑެއް ގޮވިކަމަށް މާފަންނު ފުލުހުންނާއި އައިޖީއެމްއެޗް ޑިއުޓީގައި ހަރަކާތްތެރިވާ ސްޕެޝަލް ކޮންސްޓެބިއުލަރީ ފުލުހުން ހުށަހަޅާފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެއާއިއެކު ފުލުހުން ވަނީ އެސަރަޙައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.
ފުލުހުން އިތުރަށް ބެލިބެލުމުން އެނގުނީ އެދިމާ ބޭރުގައި އޮތް ސަބްމެރިންގެ 3 ގޭސް ސިލިންޑަރ ގޮވާފައިވާކަން ކަމުގައި ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުންވެފައި ނުވާކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.