ރާއްޖޭގެ އާބާދީ އާއި މީހުން ދިރިއުޅޭ ތަންތަނާއި ކުރާ މަސައްކަތްތަކާ ބެހޭ މައުލޫމާތު އެއްކުރުމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ކުރިއަށްގެންދާ ބޯހިމެނުމުގެ މަސައްކަތަށް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު އެއްބާރުލުން ދެއްވަން ނިންމެވިކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި މުލިއާގޭގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އަހުމަދު މުސްތަފާ (މުސްތޮ) ގެ ޓުވީޓަކުންނެވެ.
ޕީޕީއެމްގެ ޓެރެޝަރާ ކަމުގެ މަގާމު އަދާ ކުރައްވަމުން އަންނަ މުސްތަފާ ވިދާޅުވީ އިއްޔެ ހެނދުނު 6:08 ގައި ރައީސް ޔާމިން އޭނާއަށް ގުޅުއްވައި، އެމަނިކުފާނު ބޯހިމެނުމަށް މައުލޫމާތު ދެއްވުމުގެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންނެވި ކަމުގައެވެ.
ގެއްލުވާލުމަށްފަހު މަރާލި ކަމަށް މަރު ކޮމިޝަނުން ބުނެފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ނުފެންނަނީސް ބޯހިމެނުމުގައި ބައިވެރި ނުވާން އެމްޑީޕީއިން ކުރިން ނިންމި ހަބަރެއް ހިއްސާ ކުރައްވާ މުސްތަފާ ވަނީ ރައީސް ޔާމީނާއި އެމްޑީޕީގެ ތަފާތު ހިއްސާ ކުރައްވާފައެވެ.
”ވިސްނާ ބަޔަކަށް ތަފާތެއް ފެންނާނެ.“ މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާގެ ޓުވީޓު ބޮޑަށް އަމާޒު ކުރެއްވީ އިޖުތިމާއީ ކަންކަމާއި އަދި އެ ނޫންވެސް ސަރުކާރަށް އެއްބާރުލުން ދޭން ޖެހޭ ފަދަ ކަންކަން އެމްޑީޕީއިން ބޯއިކަޓް ކުރިޔަސް ރައީސް ޔާމީން އެފަދަ ކަންކަމަށް ދެއްވާ އަހައްމިއްޔަތު ކަމުގެ މައްޗަށެވެ.
މިއަދު ހެނދުނު 6:08 ގައި ގައި ރައީސް ޔާމިން އަޅުގަނޑަށް ގުޅުއްވައި، އެމަނިކުފާނު ބޯހިމެނުމަށް މައުލޫމާތު ދެއްވުމުގެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދިލެއްވިއެވެ.
ވިސްނާ ބަޔަކަށް ތަފާތެއް ފެންނާނެއެވެ! pic.twitter.com/Gg56yuX0yR
— Ahmed Musthafa (@musthonomics) September 14, 2022
އެމްޑީޕީއިން ރައީސް ޔާމީންގެ އިސްތަށުފުޅުގައި ރިޟްވާންގެ މަރު އެޅުވުމަށްފަހު ސަރުކާރުން ރައްޔިތުންގެ ހެވާއި ލާބައަށް އޭރު ރާވާ ހިންގި ގިނަ ކަންކަމުގައި ބައިވެރި ނުވިއިރު، ވެރިކަމަށް އައިސް ހެދި މަރު ކޮމިޝަންގެ ތަހުގީގުން އެނގުނު ގޮތުގައި އެކަމާ ރައީސް ޔާމީނާ އެއްވެސް ގުޅުމެއް ނުވެއެވެ.
ރީނދޫ ގުރޫޕު ދިވެހިންގެ ހަލާކު