އުރީދޫ ޕާސްޕޯޓާއިއެކު ރާއްޖެއިން ބޭރަށް ދަތުރުކުރާ އުރީދޫ ކަސްޓަމަރުން، އަމިއްލަ ސިމްކާޑުން ކަންބޮޑުވުމެއް ނެތި އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށްފަރުމާކޮށްފައިވާ ހާއްސަ ސިމް ކާޑް ”އުރީދޫ ޕާސްޕޯޓް“ މެދުވެރިކޮށް ރޯމިންގ ރޭޓްތަކުން %90އާއި ހަމައަށް ޑިސްކައުންޓް ލިބިވަޑައިގަންނަވާނެއެވެ.
އުރީދޫ ޕާސްޕޯޓަކީ 100އަށް ވުރެ ގިނަ 4ޖީ ރޯމިންގ ބޭނުންކުރެވޭ ގައުމުތައް ހިމެނޭ ގޮތަށް 200+ އަށްވުރެ ގިނަ ގައުމުގައި އެންމެ ހެޔޮ އަގުގައި ރޯމިންގެ ހިދުމަތް ލިބޭ ސިމް ކާޑެކެވެ.
މި ހިދުމަތާއި ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ އާންމުކޮށް ދަތުރުކުރާ ކަސްޓަމަރުންނަށް، ދަތުރު މަތީގައި އުޅޭއިރު އާއިލާ އާއި ރައްޓެހިންގެ ހާލު ބަލާލާ ގުޅުން ބަދަހި ކޮށްލުމަށް އުރީދޫ ޕާސްޕޯޓަކީ ވަރަށް ފުރިހަމަ ހިދުމަތެއް ކަމަށާއި، މިއީ އުރީދޫ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްކަމަށެވެ.
”އާންމުކޮށް ދަތުރުކުރާ ކަސްޓަމަރުންނަށް، ދަތުރު މަތީގައި އުޅޭއިރު އާއިލާ އާއި ރައްޓެހިންގެ ހާލު ބަލާލާ ގުޅުން ބަދަހި ކޮށްލުމަށް އުރީދޫ ޕާސްޕޯޓަކީވަރަށް ފުރިހަމަ ޙިދުމަތެއް. 200+ ގައުމުގައި ރޯމިންގ ރޭޓްތަކުން 90% އާއި ހަމައަށް ޑިސްކައުންޓް ލިބުމާއެކު، މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށްލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް. އަޅުގަނޑުމެންގެ ޓީމުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އެންމެ ފުރިހަމަ ހިދުމަތްތަކާއި އެކު ކޮންމެ ތަނެއްގައި،ކޮންމެ ވަގުތަކުވެސް، ހެޔޮ އަގުގައި ފަސޭހަކާމާއެކު ކަސްޓަމަރުން ގުޅުވާލަދިނުމަށް.“ އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވިއެވެ.
އުރީދޫ ޕޯސްޓްޕެއިޑް ރޯމިންގް ކަސްޓަމަރުން އަދި އަލަށް ރޯމިންގް އެކްޓިވޭޓް ކުރާ ކަސްޓަމަރުން އެންމެ ހެޔޮ އަގުގައި ރޯމިންގް ގެ ހިދުމަތް ހޯދާލުމަށް ގްރޭޓަރ މާލޭގެ ކޮންމެ އުރީދޫ އެކްސްޕީރިއަންސް ސެންޓަރއަކަށް ވަޑައިގެން އުރީދޫ ޕާސްޕޯޓް ސިމަކަށް އަޕްގްރޭޑް ކޮށްލެވޭނެ އެވެ.
ޑޭޓާ ރޯމިންގް ހިދުމަތް ފަސޭހަކަމާއެކު *929*6# ގުޅާލައިގެން އެކްޓިވޭޓް ކޮށްލެވޭނެއެވެ. އުރީދޫ ޕާސްޕޯޓް ކަސްޓަމަރުން ފޯނުގައި ”އޮޓޮމެޓިކް“ ސިމް އެޕްލިކޭޝަން ސެޓިންގްސް ހިޔާރު ކުރެއްވުމުން އުރީދޫ ޕާސްޕޯޓް ކަވަރޭޖް ލިބޭ ގައުމުތަކުގައި ރޯމިންގް ހިދުމަތް ބޭނުން ކުރަން ފެށުމާއެކު އުރީދޫ ޕާސްޕޯޓްސިމް އަމިއްލައަށް އެކްޓިވޭޓް ވެގެން ދާނެއެވެ.
ސިމް ކާޑު އުރީދޫ ޕާސްޕޯޓް ސިމް އަކަށް ބަދަލުކުރުމަށް ނުވަތަ އުރީދޫ ޕާސްޕޯޓް ކަވަރޭޖް ނުލިބޭ ގައުމުތަކުގައި ރޯމިންގް ކަސްޓަމަރުންނަށް އަދިވެސް ސްޓޭންޑަޑް ރޯމިންގް ރޭޓުތަކާއި އެއްގޮތަށް ރޯމިންގެ ހިދުމަތް ބޭނުންކުރެވޭނެއެވެ.
ޕްރީޕެއިޑް ޕްލޭނަކަށް ނުވަތަ ބިލް ކޮންޓްރޯލް ޕްލޭންއަކަށް ބަދަލުވާންބޭނުންވާ އުރީދޫ ޕާސްޕޯޓް ކަސްޓަމަރުން، އުރީދޫ ޕާސްޕޯޓް ސިމް ޑީއެކްޓިވޭޓްކޮށް އާދައިގެ ސިމް ކާޑަކަށް ބަދަލުކޮށްލަންޖެހޭނެއެވެ.
އުރީދޫ ޕާސްޕޯޓާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، ore.do/passport ޒިޔާރަތް ކުރައްވާ.