
ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމްގެ ފޯނު ހިފެހެއްޓުމުގެ އަމުރެއް ހޯދުމަށް ކްރިމިނަލް ކޯޓުގައި އެދިފައި ނުވާނެ ކަމުގައި ފުލުހުން ބުނެފިއެވެ.
އޮންލައިން ނޫހެއް ކަމުގައިވާ ”ދިޔަރެސް“ ނޫހުން ޝަމީމްގެ ފޯނު ހިފެހެއްޓުމުގެ އަމުރަަކަށް ފުލުހުން އެދިފައިވާކަން ރިޕޯޓު ކުރުމާ ގުޅިގެން ”ބޮންތި“ އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ އެފަދަ އަމުރަކަށް އެދިފައި ނުވާނެ ކަމުގައެވެ.
މިކަމާ ގުޅިގެން ޕީޖީގެ މީޑިއާ އޮފިޝަލް ”ބޮންތި“ އަށް ވިދާޅުވީ އެފަދަ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި، ފުލުހުންގެ އިދާރާއިން އެ މައުލޫމާތު އޮޅުން ފިލުވުމަށެވެ.
”ދިޔަރެސް“ އިން ރިޕޯޓު ކުރިގޮތުގައި ޝަމީމުގެ ފޯނު ހިފަހެއްޓުމުގެ އަމުރަކަށް ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނީ ފުލުހުން އޭނާގެ މައްޗަށް ތަހުގީގުކުރަމުން އަންނަ ޖިނާއީ މައްސަލައަކާ ގުޅިގެންނެވެ.