ޚަބަރުސިޔާސީ

ސަރުކާރުގެ މަޝްރޫޢުތަކަށް މާލެ ސިޓީ ކައުންސިލްގެ އެހީތެރިކަން ލިބޭ: ރައީސް

ސަރުކާރުން މާލޭގައި ހިންގަމުންގެންދާ މަޝްރޫޢޫ ތަކަށް މާލެ ސިޓީ ކައުންސިލްގެ އެއްބާރުލުން ލިބޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ލ. ގަމުގައި ކުރިޔަށްިޔަ ތިންވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ ސެޝަންގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސޯލިހު ވިދާޅުވީ މާލެ ސިޓީގައި ކުރިއަށްދާ މުހިންމު މަޝްރޫޢުތަކުގައި ވަރަށް ބޮޑަށް ކައުންސިލްތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށާއި، އެގޮތުން މާލެ ސިޓީ ކައުންސިލްގެ އެއްބާރުލުން މިފަދަ ކަންކަމުގައި ލިބިގެންދާކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ މާލެ ސިޓީގައި މިވަގުތު ހިނގަމުންދާ އެންމެބޮޑު އެއް މަޝްރޫޢު ކަމަށްވާ އަމީނީ މަގު ހެދުމުގެ މަޝްރޫޢު އާއި މިނީބަސް ޚިދުމަތެވެ. އަދި މި މަޝްރޫޢު ތަކަކީ ވަރަށް ބޮޑަށް ކައުންސިލްތަކާއި ގުޅިފައިހުރި މަސައްކަތްތަކެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މި މަޝްރޫޢުތަކާއި ގުޅިގެން އެއްތަނެއްގައި ތިބެގެން މާލެ ސިޓީ ކައުންސިލާއިއެކު ކުރިއަށް ދިޔަ މަޝްވަރާތަކަށްފަހު މި ދެ މަޝްރޫޢު ހިންގުމުގައި މާލެ ސިޓީ ކައުންސިލްގެ އެއްބާރުލުން ލިބޭކަން ފާހަގަކުރައްވާ ކަމަށެވެ.

މިއީ ވަރަށް ބޮޑަށް ކައުންސިލްތަކާ ގުޅިފަހުރި މަސައްކަތްތައް، މިގޮތަށް މަޝްވަރާކުރެވި އެއްތަނެއްގައިތިބެގެން ވާހަކަދެއްކިގެން މި ދެ މަޝްރޫޢު މާލޭގައި ހިންގުމުގައި ކައުންސިލްގެ އެހީތެރިކަން ލިބޭކަން އަޅުގަނޑު ފާހަގަކޮށްލަން.

ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ ސެޝަންގެ މައުޟޫޢަކީ، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމެވެ. ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބެލެހެއްޓެވި މި ސެޝަންގައި އެމަނިކުފާނާއެކު ޕެނަލްގައި، މިނިސްޓަރ އޮފް ފިނޭންސް، އިބްރާހީމް އަމީރާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އަލްއުސްތާޛު ފައްޔާޟް އިސްމާޢީލާއި، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓް އޮފީސް ޢަލީ ޝިޔާމްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު، ޢަލީ ނިޔާޒް އަދި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ، ފާޠިމަތު އަފްޝާން ލަތީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button