އަޅުގަނޑަކީ އިސްލާހަށް މަސައްކަތް ކުރާ މީހެއް: ގާސިމް

ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އޭނާ އަކީ އިސްލާހަށް މަސައްކަތް ކުރައްވާ މީހެއް ކަމަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެކި ޕްލެޓްފޯމު ތަކުގައި ވާހަކަދައްކަވަމުން އެކި މީހުން އޭނާ އަކީ ސިޔާސީ މީހެއް ކަމަށް ބުނާކަމަށެވެ. ގާސިމް ހާމަކުރައްވާފައިވާ ގޮތުގައި އެއްވެސް އިރަކު އޭނާ އަކީ ސިޔާސީ މީހެއް ނޫންކަމަށާއި ނަމަވެސް އޭނާއަކީ އިސްލާހަށް އަބަދުވެސް މަސައްކަތް ކުރައްވަމުން އައި މީހެކެވެ.
”ސިޔާސީ މީހުން އުޅޭ ވައްތަރަށް އުޅޭ މީހެއް ނޫން އަޅުގަނޑު މީ. އެމީހުން އުޅޭ ގޮތަށް އުޅެންޏާ އަޅުގަނޑަށް އިނގޭ އަޅުގަނޑުގެ މުޅި ޒިންދަގީ ދުއްވާލާނެ ކަން،“ ގާސިމް ވިދާޅުވިއެވެ.
ސިޔާސީ ގޮތުން ކުރި ހޯއްދަވައިގެން ވަޑައިގަންނަވަން ބޭނުން ނުވާ ގިނަ ސަބަބުތަކެއް އެބަހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ސަބަބުތަކެއް ކަމެއް ގާސިމް ހާމަކޮށްފައެއް ނުވެއެވެ.
ކޮންމެ ގޮތެއް ހަދައިގެން ވެސް ވެރިކަން ހޯދުމަކީ އެނާގެ ”ލެގަސީ“އެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.
”ރައީސްޖުމްހޫރިއްޔާގެ މަގާމު ހޯދުމަކީ އަޅުގަނޑުގެ ލެގަސީއެއް ނޫން. ކޮންމެހެން ބޭނުންވާ ކަމަކަށް ނުވާތީ އެކަން ނުކުރަނީ،“ އޭނާ ވިދާޅުވިއެވެ.
އިސްލާހީ މަސައްކަތް ކުރުމަށް ރާއްޖޭގައި އަޅުއްވަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅުއްވައި, އަދި ހޯއްދަވަން ޖެހުނު މަގާމުތަކެއް ހޯއްދަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމުގެބަސްއެެްމެވިކޭއަހާ ވެރިކަމެށްމީ ماشا اللهކިތައްކަންތައް އިސްލާހުކޮންފިންތޯ
އިސްލާޙު ނުވިނު……ދެން މިހާރު ގައުމު އިސްލާޙު ކުރެވޭނީ ޢުމަރުގެ ފަހަތަށް އަރައިގެން…..