
އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު ޝާހިދު ދައުރު ނިންމަވާލައްވައިފިއެވެ.
ޝާހިދު އދގެ ޢާއްމު މަޖިލީހުގެ ރައީސްގެ ދައުރުހަމަވުމާއި ގުޅިގެން ދެއްވި ވަދާއީ ތަގުރީރުގައި ފާހަގަކުރެއްވި ގޮތުގައި މިފަދަ މަގާމެއް ދިވެއްސަކަށް ލިބުމަކީ މުޅި ދުނިޔޭގެ އިތުބާރާއި ޔަގީންކަން މިއަދު ދިވެހި ރައްޔިތުން ހޯދާފައިވާ ކަމުގެ ފުރިހަމަ ހެއްކެއް ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ދައުރުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ދެއްވާފައިވާ ކަމެވެ. އދ.ގެ ޢާއްމު މަޖިލީހުގެ ރިޔާސަތަށް އަންހެންބޭފުޅަކު އިންތިޚާބު ކުރެއްވުމަށް ޝާހިދު ހުރިހާ ގައުމުތަކަކަށް ގޮވާލެއްވިއެވެ.
193 ޤައުމުގެ މައްޗަށް އެކުލެވޭ އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތަށް ޝާހިދު އިންތިޚާބު ވެވަޑައިގެންނެވީ، 2021 ވަނަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހު ބޭއްވި އާއްމު މަޖިލީހުގެ އިންތިޚާބުގައި 143 ޤައުމެއްގެ ތާއީދާއެކު، 75 އިންސައްތަ ވޯޓުގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މިއީ އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖޭގެ ފަރާތުން ވާދަކުރި ފުރަތަމަ ފަހަރެވެ.
ޝާހިދުގެ ރިޔާސަތު ބިނާކުރައްވާފައިވަނީ މައިގަނޑު ފަސް ކަމެއްގެ މައްޗަށެވެ. އެއީ މިންތީގެ ހަމަހަމަކަން ގާއިމްކުރައްވައި، އަންހެނުންގެ ކުރިއެރުމަށާއި ޒުވާނުން ބާރުވެރި ކުރެއްވުމަށް ހާއްސަ އިސްކަމެއް ދެއްވެވިއެވެ.