ޚަބަރު
ޝާހިދުގެ ވަދާއީ ތަގުރީރު މިއަދު

އދ ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބުދުﷲ ޝާހިދު ވަދާއީ ތަގުރީރު މިއަދު ދެއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އދ ގެ އާންމު މަޖިލީހުގެ 76ވަނަ ދައުރުގެ ރައީސް ޝާހިދު ވަނީ ވަދާއީ ނޫސްވެރިންގެ ބައްދަލުވުންވެސް ބާއްވާފައެވެ.
އދ ގެ އާންމު މަޖިލީހުގެ ރައީސްކަމާއި ޝާހިދު ހަވާލުވެވަޑައިގެންނެވީ ޖޫން 2021 ގައެވެ. ޝާހިދުގެ ދައުރު ފެށުނީ ސެޕްޓެމްބަރު 14 ގައެވެ.
އދ ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް ޝާހިދު އިންތިހާބުވެ ވަޑައިގެންނެވީ ދިވެހިރާއްޖެއިން އެމަގާމަށް ވާދަކުރެއްވި ފުރަތަމަ ފަހަރެވެ. މިއީ ދިވެއްސަކު އދގެ އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ފުރަތަމަ ފަހަރެވެ.