ޚަބަރު

އަދުރޭގެ ސުވާލެއް އިމްރާން އަށް: މަގާމުގެ ދަހިވެތިކަމުގައި ދީނުންބޭރުވެ މުރުތައްދުވާ އިރުވެސް ނޭނގެނީތޯ؟

ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ހޯމް މިނިސްޓަރ އިމްރާން އަށް ވަރުގަދަ ސުވާލެއް ކޮށްފިއެވެ.

އަދުރޭ ކުރެއްވި ސުވާލަކީ މަގާމުގެ ދަހިވެތިކަމުގައި ދީނުން ބޭރުވެ މުރުތައްދުވާ އިރުވެސް އިމްރާން އަށް ނޭނގެނީތޯ އެވެ.

އަބްދުއްރަހީމް މިފަދަ ސުވާލެއް އުފެއްދެވީ “ވިއަވަތި” ރާއްޖެ ކޮންފަރެންސުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ”ރައީސް ސޯލިހުގެ ވެރިކަމުން ފެންނަނީ ރަސޫލާ ވެރިކަން ކުރެއްވި ސިފަތައް“ ކަމަށް ވިދާޅުވުމުން ކުރެއްވި ޓުވީޓްއެއްގައެވެ.

އަބްދުއްރަހީމް ވިދާޅުވިގޮތުގައި އިމްރާންގެ އަމިއްލަ އެދުން ބޮޑުވިޔަސް އެއީ ފުކެއް ބޮޑުވަރު ކަމަށާއި، ކީރިތި ރަސޫލާ (ޞ.ޢ.ވ) އާ ރައީސް ސޯލިހުއާއި އެއްފަދަކުރަން ހެޔޮވާނެތޯ އިމްރާން ގާތުން އައްސަވާފައެވެ.

”އިމްރާން މަނިކުފާނު ތިޔަ ހުންނެވީ ހަމަ ހޭގައިތޯ؟ މަގާމުގެ ދަހިވެތިކަމުގައި ދީނުން ބޭރުވެ މުރުތައްދުވާ އިރުވެސް ނޭނގެނީތޯ؟ ތިޔައީ ޖާހިލުކަމުގެ އިންތިހާ.“ އަބްދުއްރަހީމް ވިދާޅުވިއެވެ.

“ވިއަވަތި” ރާއްޖެ ކޮންފަރެންސުގައި އިމްރާން ވާހަކަ ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުން ފެންނަނީ ކީރިތި މާތް ރަސޫލާ ވެރިކަން ކުރެއްވި ސިފަތައް ކަމުގައި ވިދާޅުވިއެވެ. އިމްރާން މީގެ ކުރިން ވެސް ސަރުކާރަށް އަދި ރައީސް ސޯލިހަށް ސަނާކިއަން ދީނީކާޑު ކުޅުނެވެ. މިކަމުގެ ސަބަބުން ގިނަބައެއްގެ ފާޑުކިއުން އަންނަނީ އިމްރާން އަށާއި، ސަރުކާރާއި، އަދި އިމްރާންގެ ފާޓީ ކަމުގައިވާ އަދާލަތު ޕާޓީއައް ވެސް އަމާޒު ވަމުންނެވެ.

 

2 Comments

  1. ކީކުރާނިމިހިރީރީމީހުންގެހާލަތު ގޮއްސަވާހިސާބު މިމީހުން ޭޭނހިުމެއްނުވެފަހަރެއްގަވެސްއިސްލާންދީން ހަމައެއްލަމައެއްނެތއް މިވައްތަރުމީހުނަށް ގިޔާމަތަކީ ކޮބާކަން ެސ ްނޭގެ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button