ޚަބަރު

ޝާހިދުވެސް އިންޑިއާއަށް

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

އދ. އިން ނެރެފައިވާ ބަޔާނުގައިވަނީ މިނިސްޓަރު ޝާހިދު އިންޑިއާ އަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއާގެ އިސް ވެރިންނާ ބައްދަލުކުރައްވާނެކަމަށެވެ. އަދި މީގެ އިތުރުން، އދ. ގައި ހުރި އެކިއެކި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ހަމަ މިއާއެކު، ޝާހިދުގެ ދަތުރުފުޅުގައި އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންހަރް އަދި ފޮރިން ސެކްރެޓަރީ ވިނޭ ކްވަޓްރާއާ ބައްދަލުކުރައްވައި އދ.ގައި އިންޑިއާގެ ބައިވެރިވުން މިހާރަށް ވުރެ ބޮޑުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

ރަސްމީ ދަތުރު ޕުޅެއްގައި ޝާހިދު އިންޑިއާއަށް ވަޑައިގަންނަވާއިރު، ނުރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ އިންޑިއާ އަށް ވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button