މުދަލާ ހިދުމަތުގެ އަގު ބޮޑުކުރަން ރައީސް އިބްރާހީމް މުހައްމަދުގެ ކޯލިޝަން ސަރުކާރުން ނިންމި ނިންމުން ތަންފީޒު ކުރުމަށް ޓެކްސް ނެގުމުގެ ބިލަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
އެޓާނީ ޖެނެރަލް އޮފީސް (އޭޖީ) އިން ކުރި ޓުވީޓެއްގައި ބުނީ ޓޫރިޒަމާ ބެހޭ ގާނޫނަށާއި، ޓެކްސް ނެގުމުގެ ގާނޫނާއި، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީޖަށް 3 ބިލެއް ފޮނުވި ކަމުގައެވެ.
ޓެކްސް ބޮޑު ކުރަން ރައީސް ސޯލިހު ނިންމެވި ގޮތަކީ ޓީޖީއެސްޓީ %12 އިން %16 އަށް އަދި ޖީއެސްޓީ %6 އިން %8 އަށް ބޮޑުކުރުމެވެ. އެކަން މާލީ ވަޒީރު އިބްރާހީމް އަމީރު ވަނީ މީގެ ކުރިން ކަށަވަރުކޮށްދެއްވާފައެވެ.
ރައީސް ސޯލިހުގެ އަމާޒަކީ ޓެކްސް އަދި ޖޫރިމަނާ ފައިސާއިން ދައުލަތުގެ އާމްދަނީ އިތުރު ކުރުމެވެ.