ޚަބަރުސިޔާސީ

ޓީޖީއެސްޓީއާއި ޖީއެސްޓީ ޓެކްސް ބޮޑު ކުރަން މަޖިލީހުން ފާސްކޮށްފި

މުދަލާއި ހިދުމަތުގެ އަގުން އާންމު ރައްޔިތުންގެ އަތުން ނަގަމުން އަންނަ ޓީޖީއެސްޓީއާއި ޖީއެސްޓީ ޓެކްސް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. ސަރުކާރުން ހުށަހަޅާފައިވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް ބޮޑު ކުރަން އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތަ އަށް ބޮޑު ކުރުމަށެވެ.

މި ބިލު ފާސްކުރުމަށް ފެންނަ ކަމަށް 55 މެމްބަރުން ވޯޓު ދެއްވިއިރު ފާސްކުރުމަށް ނުފެންނަ ކަމަށް 26 މެމްބަރުން ވޯޓު ދީފައިވެއެވެ.

ޓެކްސް ބޮޑުކުރުމުގެ ބިލަށް މިދިޔަ ދެ ދުވަހުގެ ޖަލްސާގައި ވޯޓަށް ނޭހުމުން މަޖިލީހުގައި ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވަނީ ނުރުހުން ފާޅުކޮށް ހަލުތާލު ހަދާފައެވެ.

އިދިކޮޅު ޕީޕީއެމް ކޯލިސަނުން އިންތިޒާމް ކޮށްގެން މަޖިލިސް ކުރާގެކާރީގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ. މިމުޒާހަރާތަކުގައި ބައިވެރިވި ބައެއް އާމުންވަނީ ހައްޔަރު ވެސް ކޮށްފައެވެ.

 

One Comment

  1. aharumen vote dheynee tax tha kudako rayyithunge faidhaa ah massakai kodheyne rangalhu meehaka maazeega thajribaa in iburai haasil kuraanan Ibu sarukaarakee beykaaru adhi rayyithun ah nikamethi kan genai sarukaaru thikahala guiroanegga dhen nujjesseyne mihaaru dhas koffin fen karant fadha asaasee khidhumaithakun nagaa fee kudako thaketheege agu heyokodhey bayaka vote dheynan

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button