ހައިކޯޓުގައި ފުރަތަމަ ފަހަރަށް އަންހެނުން އެކުލެވޭ ބެންޗެއް

ހައިކޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް، 3 އަންހެން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން އިއްޔެ ޝަރީއަތެއް ކުރިޔަށް ގެންގޮސްފިއެވެ.
އެ ބެންޗުގައި ހިމެނިވަޑައިގެންނެވީ ވަނީ އަލްއުސްތާޒާ ފާޠިމަތު ފަރުހީޒާނާއި އަލްއުސްތާޒާ ހުޒައިފާ މުޙައްމަދުގެ އިތުރުން އަދި އަލްއުސްތާޒާ ދީބާނާޒް ފަހުމީ އެވެ. އެ ޝަރީއަތަކީ ނަޒާކީ އެލްމިނިއަމް ޕްރައިވެޓް ލިމިޓެޑުން މޮރިޝަސް ކޮމާޝަލް ބޭންކްގެ މައްޗަށް ކުރާ ދައުވާއެއްގެ ޝަރީއަތެކެވެ.
މި ވާހަކަ އެ ކޯޓްގެ ކޮމިއުނިކޭޝަން އޮފިސަރު އަމީން ފައިސަލް މިއަދު ޓްވިޓާގައި ވެސް ހިއްސާކުރައްވާފައިވެ އެވެ.
ހައިކޯޓުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، 3 އަންހެން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން މިއަދުވަނީ ޝަރީއަތެއް ހިންގާފައެވެ. މި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާ، އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު އަދި އަލްއުސްތާޛާ ދީބާނާޒް ފަހުމީއެވެ. pic.twitter.com/qjDW7gm1eY
— Ameen Faisal, Information Officer (High Court) (@HighCourtMedia) November 16, 2022
އޭނާ ވިދާޅުވީ ހައި ކޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް، 3 އަންހެން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން މިއަދު ޝަރީއަތެއް ހިންގާފައިވާ ކަމަށެވެ.