ޚަބަރު

ތިން ފުލުހަކަށް ހަމަލާދިން ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް!

ތިން ފުލުހަކަށް ހަމަލާދިން ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

”ބޮންތި“ ނޫހަށް މައުލޫމާތުލިބި ފައިވާގޮތުގައި ފުލުހުންނަށް ފުރަތަމަ ހަމަލާދީފައި ވަނީ ހީނާ ގޯޅިންނެވެ. ފުލުހުންނަށް ހަމަލާދިނުމުގައި ބައިވެރިވި މީހުން ހީނާ ގޯޅިން ހަމަލާދެމުން ގޮސް ރަތްވިލާމަގުން ފެށިގެން ޖަނަވަރީ މަގާހަމައަށް އެތިން ފުލުންނަށް ފަތިބުރިންނާއި، ގަލުން އަދި ތޫނު އެއްޗިހިން ހަމަލާ ދީފައިވެއެވެ.

މިދިޔަ ހުކުރު ދުވަހު ހެނދުނު 11:50 ހާއިރު މަޖީދީ މަގުގައި ހުންނަ ޔޫރޯ ސްޓޯރު ކައިރިން ހަމަލާގައި ބައިވެރިވި ބައެއްމީހުން ވަނީ ހައްޔަރު ކޮށްފައެވެ.

ބޮންތި“ ނޫހަށް މަންޒަރުދުއް މީހަކު މައުލޫމާތު ދިންގޮތުގައި ޔޫރޯ ސްޓޯރު ކައިރިން ހައްޔަރުކުރި ތިންމީހުން ދުއްވަމުން ދިޔައީ އެއްސައިކަލެކެވެ. އެ ތިންމީހުން ދިޔައީ އަޑުގަދަކޮށް ހަޅޭއްލަވަމުންނެވެ. ފުލުހުން އެތަނުން އެމީހުން ހުއްޓުވުމުން، އެމީހުން ފުލުހުންނަށް ހަމަލާދޭން މަސައްކަތް ކުރިއެވެ. އެތިން މީހުންގެ ތެރެއިން ފުލުހުންނަށް ހިފެހެއްޓުނީ ދެމީހުންނެވެ. އެކަކު ދުވެ ފިލީއެވެ.

ތިން ފުލުހުންނަަށް ހަމަލާދީފައި ވަނީ މާލޭގެ ގޭންގަކުންނެވެ. އެތިން ފުލުންނަށް ލިބުނު ޒަހަމްތަކަށް އޭޑީކޭގައި ވަނީ ފަރުވާދީފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button