ފިރިހެނެއްގެ ކަރަށް ވަޅިން ހަމަލާ ދީފި

ފިރިހެނެއްގެ ކަރަށް ވަޅިން ހަމަލާ ދީފިއެވެ.
ރޭ ދަންވަރު ފިރިހެނަކު ވަނީ ކަރަށް ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދާފައި ކަމަށް އެ ހޮސްޕިޓަލުން މިއަދު ވަނީ ބުނެފައެވެ. އަދި އެމީހާ މިހާރު ވަނީ ދޫކޮށްލާފަ ކަމަށް ވެސް ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ފިރިހެނަކަށް އަނިޔާވެގެން އޭޑީކޭގައި ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ލިބިފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރިކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މައުލޫމާތު ލިބޭގޮތުގައި އެ ފިރިހެން މީހާ އަށް ހަމަލާ ދީފައި ވަނީ އަންހެނެއް ކަމަށާއި، އެއީ ދެމަފިރިން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މިހަމަލާ ދިނީ ކީއްވެ ކަމެއް އަދި ސާފުވާގޮއްވަނީ ނުވެފައެވެ. ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައި =ވަނީ ތޫނު އެއްޗަކުން ހަމަލާ ދީފައިވަނީ ގޭތެރޭގައި ހިނގި ޒުވާބެއްގައި ކަމަށެވެ.
މިފަދަ ހާދިސާތައް ތަކުރާރުވަނީ އިންސާފު ނުލިބޭތީ!