ތިން ފުލުހަކަށް ހަމަލާދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފި
![](https://bonthinews.com/wp-content/uploads/2022/09/1_2431646f47-9.jpg)
ތިން ފުލުހަކަށް ހަމަލާދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން، އެ މައްސަލައިގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުނެފައިވެއެވެ.
ތިން ފުލުހަކަށް ހަމަލާދިން މައްސަލާގައި މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހު ހެނދުނު 11:50 ހާއިރު މަޖީދީ މަގުގައި ހުންނަ ޔޫރޯ ސްޓޯރު ކައިރިންނެވެ. އެ ހަމަލާގައި ބައިވެރިވި ބައެއްމީހުން ވަނީ ކުށުގެ ވެށިން ހައްޔަރު ކޮށްފައެވެ.
”ބޮންތި“ ނޫހަށް މަންޒަރުދުއް މީހަކު މައުލޫމާތު ދިންގޮތުގައި ޔޫރޯ ސްޓޯރު ކައިރިން ހައްޔަރުކުރި ތިންމީހުން ދުއްވަމުން ދިޔައީ އެއް ސައިކަލެކެވެ. އެތިންމީހުން ދިޔައީ އަޑުގަދަކޮށް ހަޅޭއްލަވަމުންނެވެ. ފުލުހުން އެތަނުން އެމީހުން ހުއްޓުވުމުން، އެމީހުން ފުލުހުންނަށް ހަމަލާދޭން މަސައްކަތް ކުރިއެވެ. އެތިންމީހުންގެ ތެރެއިން ފުލުހުންނަށް ހިފެހެއްޓުނީ ދެމީހުންނެވެ. އެކަކު ދުވެ ފިލީއެވެ.
މި މައްސަލާގައި ފުލުހުން ހިންގި އޮފަރޭޝަނެއްގައި ހީނާގޯޅީގައި ހުރި ގެއަކަށް ވަދެ އެގޭގެ ދޮރުތައްވެސް ވަނީ ހަލާކުކޮށްލާފައެވެ.
ފުލުހުން އެގެއަށް ވަދެފައި ވަނީ ކޯޓުއަމުރެއްގެ ދަށުންނެވެ. އެގެއަކީ މީހުން ކުއްޔަށް ބެހެއްޓުމަށް ތައްޔާރުކޮށްފައި ހުރިތަނެކެވެ. ފުލުހުން އެތަނަށް ވަނީ ދޮރު ވައްޓާލައިގެންނެވެ.
އެތަނާ ހަވާލުވެ ހުރި ވެރިފަރާތުން ”ބޮންތި“ ނޫހަށް މައުލޫމާތު ދިންގޮތުގައި އެތަނަށް ފުލުހުން ވަދެގަތީ އެއްވެސް އިންޒާރެއް ނުދީކަމަށާއި، އެތަނަށްވަންނަމުން ވެރިފަރާތަށް ނުގުޅާކަމަށާއި، އެތަނުގައި ހުރި ބޭރުން ވަންނަ ދޮރު ހަލާކުކޮށް، އަދި ކޮޓަރި ދޮރުތައް ވެސް ހަލާކޮށްފައިވެއެވެ. އެހަބަރު ލިބިގެންގެއަށް އައިރު ފުލުހުން އެތަނުގައި ތިބި ކަމަށާއި، އެހިސާބުން ފުލުހުން ކޯޓު އަމުރު ދެއްކި ކަމަށް އޭނާ ބުންޏެވެ.
ތިން ފުލުހުންނަަށް ހަމަލާދީފައި ވަނީ މާލޭގެ ގޭންގަކުންނެވެ. އެތިން ފުލުންނަށް ލިބުނު ޒަހަމްތަކަށް އޭޑީކޭގައި ވަނީ ފަރުވާދީފައެވެ.