ޚަބަރު

ތިން ފުލުހަކަށް ހަމަލާދިން މައްސަލާގައި ފުލުހުން ގެއަކަށް ވަދެ ދޮރުތައް ދުއްވާލައިފި!

ތިން ފުލުހަކަށް ހަމަލާދިން މައްސަލާގައި ފުލުހުން ރޭ 21:15 ހާއިރު ހިންގި އޮފަރޭޝަނެއްގައި ހީނާގޯޅީގައި ހުރި ގެއަކަށް ވަދެ ދޮރުތައް ދުއްވާލައިފިއެވެ.

އެގެއަށް ވަދެފައި ވަނީ ކޯޓުއަމުރެއްގެ ދަށުންނެވެ. އެގެއަކީ މީހުން ކުއްޔަށް ބެހެއްޓުމަށް ތައްޔާރުކޮށްފައި ހުރިތަނެކެވެ. ފުލުހުން އެތަނަށް ވަނީ ދޮރު ވައްޓާލައިގެންނެވެ.

 

ފުލުހުން އެގެއަށް ވަދެ އެތަނުގެ ހުރިހާދޮރެއްހެން ވަނީ ހަލާކުކޮށްފައެވެ. އެތަނާ ހަވާލުވެ ހުރި ވެރިފަރާތުން ”ބޮންތި“ ނޫހަށް މައުލޫމާތު ދިންގޮތުގައި އެތަނަށް ފުލުހުން ވަދެގަތީ އެއްވެސް އިންޒާރެއް ނުދީކަމަށާއި، އެތަނަށް ވަންނަމުން ވެރިފަރާތަށް ނުގުޅާކަމަށާއި، އެތަނުގައި ހުރި ބޭރުން ވަންނަ ދޮރު ހަލާކުކޮށް، އަދި ކޮޓަރި ދޮރުތައް ވެސް ހަލާކޮށްފައިވެއެވެ. އެހަބަރު ލިބިގެން ގެއަށް އައިރު ފުލުހުން އެތަނުގައި ތިބި ކަމަށާއި، އެހިސާބުން ފުލުހުން ކޯޓު އަމުރު ދެއްކި ކަމަށް އޭނާ ބުންޏެވެ. ފުލުހުން އެގަޑީގައި ވަތްއިރު އެތަނުގައި އެވެގުތު އުޅެނީ އެންމެ ރޫމެއްގައި އަންހެނެކެވެ.

ކޯޓު އަމުރު ފުލުހުންނަށް ދީފައިވަނީ ތިން ފުލުހަކަށް ހަމަލާދިން އެކަކު ދިރިއުޅުނު ކަމަށް ބެލެވޭ އެއިމާރާތް ބަލާ ފާސްކުރުމަށެވެ. އެތަން ބަލާ ފާސްކުރަން ފުލުހުން ވަނީ އެތަނުގައި މާރާމާރީ ހިންގުމަށް އެދުވަހު އަދި ފަހުން ވެސް ބޭނުން ކުރެވިދާނެ އާލާތެއް ހުރިތޯ ބެލުމަށެވެ.

 

“ބޮންތި” ނޫހަށް މައުލޫމާތުލިބި ފައިވާގޮތުގައި ފުލުހުންނަށް ފުރަތަމަ ހަމަލާދީފައި ވަނީ ހީނާ ގޯޅިންނެވެ. ފުލުހުންނަށް ހަމަލާދިނުމުގައި ބައިވެރިވި މީހުން ހީނާ ގޯޅިން ހަމަލާދެމުން ގޮސް ރަތްވިލާމަގުން ފެށިގެން ޖަނަވަރީ މަގާހަމައަށް އެތިން ފުލުންނަށް ފަތިބުރިންނާއި، ގަލުން އަދި ތޫނު އެއްޗިހިން ހަމަލާ ދީފައިވެއެވެ.

މިދިޔަ ހުކުރު ދުވަހު ހެނދުނު 11:50 ހާއިރު މަޖީދީ މަގުގައި ހުންނަ ޔޫރޯ ސްޓޯރު ކައިރިން ހަމަލާގައި ބައިވެރިވި ބައެއްމީހުން ވަނީ ހައްޔަރު ކޮށްފައެވެ.

ބޮންތި” ނޫހަށް މަންޒަރުދުއް މީހަކު މައުލޫމާތު ދިންގޮތުގައި ޔޫރޯ ސްޓޯރު ކައިރިން ހައްޔަރުކުރި ތިންމީހުން ދުއްވަމުން ދިޔައީ އެއްސައިކަލެކެވެ. އެ ތިންމީހުން ދިޔައީ އަޑުގަދަކޮށް ހަޅޭއްލަވަމުންނެވެ. ފުލުހުން އެތަނުން އެމީހުން ހުއްޓުވުމުން، އެމީހުން ފުލުހުންނަށް ހަމަލާދޭން މަސައްކަތް ކުރިއެވެ. އެތިން މީހުންގެ ތެރެއިން ފުލުހުންނަށް ހިފެހެއްޓުނީ ދެމީހުންނެވެ. އެކަކު ދުވެ ފިލީއެވެ.

ތިން ފުލުހުންނަަށް ހަމަލާދީފައި ވަނީ މާލޭގެ ގޭންގަކުންނެވެ. އެތިން ފުލުންނަށް ލިބުނު ޒަހަމްތަކަށް އޭޑީކޭގައި ވަނީ ފަރުވާދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button