ޚަބަރު

ބްރެއިން ސްޓްރޯކެއް ޖެހި ކަނާތްފަޅި ވާގިނެތިފައިވާ ފަޒީލް އެދެނީ އެންމެންގެ އެހީތެރިކަމަށް

ބްރެއިން ސްޓްރޯކެއްޖެހި ކަނާތްފަޅި ވާގިނެތިފައިވާ ގިނަ ބަޔަކާ ގާތް ގުޅުމެއް އޮންނަ އަހުމަދު ފަޒީލްގެ (ޗޫޓީ) އެންމެންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ނިއުރޯ ރިހިބިލިޓޭޝަން ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިޔުމަށް ޑޮކްޓަރުންވަނީ ފަޒީލްގެ އާއިލާއަށް ލަފާދީ އިލްތިމާސްކޮށްފައެވެ. މިބައްޔަށް އަށް ފަރުވާހޯދުމަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުމަކީ ފަޒީލްގެ އާއިލާއަށް މާލީގޮތުން ބުރައެކެވެ.

ރާއްޖެއިން ބޭރުން ބޭސްފަރުވާކުރުމަށް, ބޭސް ފަރުވާގެ އިތުރުން ތިބުމާއި، ކެެއިން ބުއިމާއި އަދި އެހެނިހެން ހަރަދު ހިނގާތީ، އެ ހުރިހާ ހަރަދެއް ކުރުމަށް އާއިލީ ތަންވަސްކަން ނެތުމުގެ ސަބަބުން, ކޮންމެ މީހަކަށްވެސް ވީ މިންވަރަކުން އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ ފަޒީލް އާއި އޭނާގެ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.

ފަޒީލަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާގެ ބެންކް އެފް މޯލްޑިވްސް ދިވެހި ރުފިޔާ އެކައުންޓް 7704264591101 ނުވަތަ އޭނާގެ ޑޮލަރު އެކައުންޓު 7730000100101 އަށް ފައިސާގެ އެހީތެރިކަން ފޮނުވޭނެއެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް 7798485, 9652235, 9491119 އަށް ގުޅުމަށްވެސް އާއިލާގެ ފަރާތުން އެދިފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button