ޚަބަރު

އައްޑޫ އަށް ލިބުނު ތަރައްގީއެއް ލިބުނީ އިނގިރޭސިންގެ ފަރާތުން

އައްޑޫ އަށް ލިބުނު ތަރައްގީއެއް މިވީހާތަނަށް ލިބުނީ މީގެ 50 އަހަރު ކުރިން އިނގިރޭސިންގެ ފަރާތުން ކަމަށް ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވެއްޖެ އެވެ.

ރާނީ އެލިޒަބަތު މަރުވުމާއިގުޅިގެން މިއަދު މީސްމީޑިއާގަ ކުރި ޕޯސްޓެއްގައި އުގެއިލް ވިދާޅުވީ ބަޔަކު ކޮންމެ އެއްޗެއް ކިޔަސް އައްޑޫ މީހުންނަށް ލިބުނު ކުރިއެރުމެއް ވެސް އަދި ލިބުނު ތަރައްގީއެއް ވެސް ލިބުނީ އިނގިރޭސިން އަދި ރާނީގެ ފަރާތުން މީގެ 50 އަހަރު ކުރިން ކަމަށެވެ. އަދި އޭގެފަހުން އައްޑޫ އަށް މާބޮޑު ކުރިއެރުމެއް އައިސްފައި ނުވާ ކަމަށް އުގެއިލް ވިދާޅުވިއެވެ.

ރާނީ ވަނީ 1972 ވަނަ އަހަރުގެ މާރިޗު 13 ވަނަ ދުވަހު އައްޑޫ އަށް ދަތުރުފުޅެއް ކުރައްވާފަ އެވެ. ރާނީ މަރުވުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިއަދުން ފެށިގެން ތިން ދުވަހަށް ދިވެހި ގައުމީ ދިދަ ބައިދަނޑި އަށް ތިރިކުރުމަށް ނިންމަވާފަ އެވެ. ރާނީ އެލިޒަބަތައް ވަނީ ދިވެހި ދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތް، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވާފައެވެ.

ރާނީ އެލިޒަބަތު ރަސްކަމުގެ ތަޚުތާ ހަވާލުވެ ވަޑައިގަތީ 1952 ވަނަ އަހަރުއެެވެ. އެލިޒަބަތަކީ ދުނިޔޭގައި އެންމެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވުމުގެ ޝަރަފް އޮތް ބޭފުޅާއެވެ.

ރާނީ އެލިޒަބަތު މަރުވުމާއި އެކު ރަސްކަމުގެ ތަޚުތާ ދަރިކަލުން ޗާލްސް ވަނީ ހަވާލުވެވަޑައިގެންފަ އެވެ.

 

One Comment

  1. އެތަރައްޤީ ވީއިރު ރާއްޖެ ހިމެނޭގޮތައް ކިތައް ޤައުމު އަޅުވެތިކަމުގެ ދަންތުރައިގައިޖެހި ހަފުސްވެގެން ގޮސް ކުރިއެރުމެއް ނުލިބި ވާކަން އެނގި ލައްވަންތޯ !!!

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button