އައްޑޫއިން ކުކުޅުބިސް ހުސްވެ ރައްޔިތުން ހާލުގަ ޖެހިއްޖެ!

އައްޑޫއިން ކުކުޅުބިސް ހުސްވެ ރައްޔިތުން ހާލުގަ ޖެހިއްޖެއެވެ.
މުޅި އައްޑޫއިން ބިސް ހުސްވެ އާންމު ދިރިއުޅުމުގެ ބައެއް ބޭނުންތަކާ އަދި ވިޔަފާރިތަކަށް ވެސް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. އައްޑޫއިން ބިސް ހުސްވުމުގެ ސަބަބުން ގިނަ ރެސްޓޯރެންޓުތަކާ އަދި ކައްކާ ތަންތަން ވަނީ ހުއްޓުމަކަށް އައިސްފައެވެ. އައްޑޫގެ ފިހާރަތަކުން މުޅިންހެން ބިސް ވަނީ ހުސްވެފައެވެ. ބިސް ލިބޭނެ ވަކި ދުވަހެއް އަދި ނޭނގޭކަމަށް އައްޑޫ ވިޔަފާރިވެރިން ބުނެއެވެ.
އައްޑޫ ވިޔަފާރިވެރިން މިހާލަތަށް ދިޔައީ އެސްޓިއޯއިން ބިސް ނުލިބޭތީ ކަމަށެވެ.
މިކަމާ ބެހޭގޮތުން އައްޑޫ ކަންސިލުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
މިއަހަރުގެ މާޗުމަހުގެ ތެރޭގައި އައްޑޫގައި ދިރޭ ކުކުޅު އާލާކޮށް ކުކުޅުގެ ވިޔަފާރި ފުޅާކުރުމަށް ”ބީޓެކް ޕޯލްޓްރީ ފާމް“ގެ ނަމުގައި ބޮޑު ފާމެއް ހިންގަން ފެށިއެވެ. އެއީ އައްޑޫ ސިޓީ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ކުކުޅު ގެންގުޅުމަށް ހުޅުވާލި ފުރުސަތެކެވެ. އެކަމަކު ވިޔަފާރިވެރިން ބުނާގޮތުގައި ބިހެއް ނުލިބެއެވެ.
މުޅި އައްޑޫއިން ބިސް ހުސްވެ އާންމު ދިރިއުޅުމުގެ ބައެއް ބޭނުންތަކާ އަދި ވިޔަފާރިތަކަށް ވެސް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.
އައްޑޫމީހުން ހައްދާލަން ކޮއްމެވެސް މޮޅުވާހަކައެއް ނަޝީދު ދައްކާލީމަ ހެއްލިދާނޭއެވެ( ހަނދާން ނެތޭ ބައްޔަށް އައްޑޫ ސިޓީގެ ރައްޔިތުން ހޭލުންތެރިކަމަށް މަސައްކަތް ކުރަމުންދާކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފި އެވެ.)
ރަގަޅުވާނެ ދެން ތިވަރުވީކަން ވެސް ކޮބާ މިހާރު އިންޑިޔާގެ މުދާފެރީ ނާދޭތަ އަނގާލީމާ ހަމަ ވގުތުން ކޮބާ ނިޒާރު ރައީސް އޭނާޔަކައް ނޭގޭތަ ބިސް ނާޅާކަން
ތިވަރުގެ ބޮޑު ކުކުޅުފާމަސިީއެއް ހުރިއިރު ބިހައްޖެހުމަކީ ވަރަށް ބޮޑަށް ހައިރާންކަން ޖެހޭކަމެއް އަދި އިންޑިއާކޮޒިން ފެރީގެ ދަތުދުތައްއޮންނައިރު ރައްޔިތުންނަށް ދަތިތަކާކުރިމަތިވާކަށްނުޖެހޭ