ޚަބަރު
ޓެރަރިޒަމް އޮޕަރޭޝަންގައި އައްޑޫ ހިތަދޫގެ ބައެއް ސަރަހައްދު ބަލާފާސްކޮށްފި

ފުލުހުންނާއި ސިފައިން ކުރިއަށްގެންދާ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންގައި އައްޑޫގެ އިތުރު ތަންތަން ބަލައި، އުޅަނދުތައް ބަލާފާސްކޮށްފިއެވެ.
މިދިޔަ ހަފްތާގައި ހިންގި އޮޕަރޭޝަންގައި ވަނީ އައްޑޫ ސިޓީން ނުވަ މީހަކާއި މާލެއިން ދެ މީހަކާއި ކ. ގުރައިދޫއިން ދެ މީހަކު ހައްޔަރުކޮށްފައެވެ. ފުލުހުން މިއަދު ބަލާ ފާސްކޮށްފައި ވަނީ އައްޑޫއިން ހައްޔަރުކުރި ބައެއް މީހުން ދިރިއުޅުނު ގެތަކާއި އެމީހުންނާއި ގުޅުންހުރި ތަން ތަނެވެ.
މިއޮޕަރޭޝަން ހިންގާފައި ވަނީ ކުއްތާވެސް ބޭނުންކޮށްގެނެވެ.
ސިފައިންވެސް އަދި ފުލުހުން ވެސް އަދި މިހާތަނަށް މިކަމުގައި އެއްވެސް ބަހެއްބުނެފައެއް ނުވެއެވެ.
ހަރުކަށި ފިކުރުގެ މައްސަލައިގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން މިދިޔަ އަހަރު ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.