ޚަބަރު
ފުލުހުން ތަކަކަށް ހަމަލާދިން މައްސަލައިގައި 2މީހަކު ހައްޔަރު ކޮށްފި

ތިން ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި 2 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އެ ދެ މީހުން ހައްޔަރުކުރީ މިއަދު 11:30 ހާއިރުއެވެ. ހަމަލާދިނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ކަމެއް ނުވަތަ ނޫން ކަމެއްވެސް މިހާތަނަށް ފުލުހުން ހާމަނުކުރެއެވެ.
މިކަމުގެ އިތުރު ތަފްސީލު ހާމަކޮށްފައި ނުވިނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިގޮތުގައި މި ތިން ފުލުހުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އަދި ތިން ފުލުހުންނަށް އޭޑީކޭގައި ފަރުވާ ދެމުން އަންނަކަމަށްވެސް ފުލުހުންގެ އިދާރާއިން ބުންޏެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ވެސް އެ އިދާއިރާއިން މައުލޫމާތު ދެއެވެ.